ބިރުގަންނަންވީ ކޮންކަމަކަށް ހެއްޔެވެ؟ އައްސަވައިވޮޑިގެންވެއެވެ! ބައްލަވައިވޮޑިގެންވެއެވެ. އެކުގައި ވޮޑިގެންވެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ބިރުގަންނަންވީ ކޮންކަމަކަށް ހެއްޔެވެ؟ އައްސަވައިވޮޑިގެންވެއެވެ! ބައްލަވައިވޮޑިގެންވެއެވެ. އެކުގައި ވޮޑިގެންވެއެވެ!

މީހަކު ބަހެއް ބުނާއިރަށް ނުވަތަ ކިރިޔާ ކަމެއް ދިމާވާއިރަށް ބިރުގަންނަ މީހުން ދަނީ ގިނަވަމުންނެވެ. ބިރުން ތުރުތުރު އަޅައިގަނެއެވެ. ކަންބޮޑުވެ ތެޅިފޮޅިގަނެވެއެވެ. މިއީ އަހަރެމެން މުސްލިމުންނަށް ކަންކަން ކުރަން އޮތްގޮތެއް ނޫނެވެ. 

އަހަރެމެންގެ އަޑު 7 އުޑުމަތިން ﷲ ތަޢާލާ އައްސަވައިވޮޑިގެންވެއެވެ. ބައްލަވައިވޮޑިގެންވެއެވެ. އަދި ވޮޑިގެންވަނީ އަހަރެމެންނާއިއެކުގައެވެ. 

"އެކަލާނގެ ވަޚީ ކުރެއްވިއެވެ. ތިޔަ ދެބޭކަލުން ބިރުފުޅު ނުގަންނާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އައްސަވާވޮޑިގެން، އަދި ބައްލަވާވޮޑިގެންވާ ޙާލް، ތިޔަ ދެބޭކަލުންނާ އެކުގައި ވޮޑިގެންވަމެވެ.(46-20)

މިއީ ހަމަ އަހަރެމެންނަށްވެސް މިކަން އޮތް ގޮތެވެ. ހަމައެކަނި ތަފާތަކީ އަހަރެމެންގެ ކިޔަމަންތެރިކަމެވެ. ތަޤްވާވެރިކަމެވެ. އަހަރެމެންގެ ކިބައިގައިވެސް އެކަންކަން ބަހައްޓަންޖެހޭ ވަރަށް ބެހެއްޓޭނަމަ އެއްވެސް ތަފާތެއް ނެތެވެ. ޤުރްއާނުގައި ބަޔާންވެގެންވާ މިފަދަ އާޔަތްތައް ބަޔާންކުރައްވަވާފައިވަނީ ކިޔަވައި ޢަމަލުކުރާ އެންމެންނަށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން