ފިރުއަޢުނުގެ ބަހާ ސިހުރުވެރިންގެ ޖަވާބު ޢިބްރަތަކަށް ނުފުދެނީހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
ފިރުއަޢުނުގެ ބަހާ ސިހުރުވެރިންގެ ޖަވާބު ޢިބްރަތަކަށް ނުފުދެނީހެއްޔެވެ؟

"ފަހެ، ޖާދޫގަރުން ސަޖިދަ އަށް ތިރިވޫއެވެ. އެއުރެން ބުނޫއެވެ. ހާރޫންގެފާނާއި، މޫސާގެފާނުގެ ވެރިރަސްކަލާނގެއަށް ތިމަންމެން އީމާންވެއްޖައީމުއެވެ." (20-70)

ފިރުއަޢުނު: 

"އޭނާ (އެބަހީ: ފިރުއަޢުނު) ބުންޏެވެ. ތިޔަބައިމީހުންނަށް ތިމަން އިޛްނަ ދިނުމުގެ ކުރިން، އޭނާޔަށް (އެބަހީ: މޫސާގެފާނަށް) ތިޔަބައިމީހުން އީމާންވީ ހެއްޔެވެ؟ ހަމަކަށަވަރުން، އޭނާޔަކީ ކަލޭމެންނަށް ޖާދޫ ދަސްކޮށްދިން ކަލޭމެންގެ ބޮޑުމީހާކަން ކަށަވަރެވެ. ފަހެ، ހަމަކަށަވަރުން، ކަލޭމެންގެ އަތްތަކާއި، ކަލޭމެންގެ ފައިތައް ތަފާތުކޮށް އަހުރެން ކަނޑާހުށީމެވެ. އަދި ކަދުރުރުކު ގަސްގަނޑުގައި ހަމަކަށަވަރުން، ކަލޭމެން ޞަލީބަށް އަރުވާހުށީމެވެ. އަދި ހަމަކަށަވަރުން، އަހުރެމެންކުރެ ގަދަފަދަ، އަދި ދެމިހުރުންބޮޑު ޢަޛާބެއްދެވޭނީ ކާކަށްކަން ކަލޭމެންނަށް ނިކަންހުރެ އެނގޭހުށްޓެވެ." (20-71) 

ސިހުރިވެރިންގެ ޖަވާބު:

"އެއުރެން ބުނޫއެވެ. ބަޔާންވެގެންވާ ޙުއްޖަތާއި، ދަލީލުގެ ތެރެއިން ތިމަންމެންނާ ހަމަޔަށް އައިސްފައިވާ އެއްޗަކާއި، ތިމަންމެން ހެއްދެވި ކަލާނގެއަށްވުރެ މައްޗަކަށް ތިމަންމެން ކަލޭ އިހެއްނުކުރާހުށީމެވެ. ފަހެ، ކަލޭގެ ކަނޑައަޅާގޮތަކަށް ކަނޑައަޅައި ނިންމާށެވެ! ހަމަކަށަވަރުން، ކަލެޔަށް ކަނޑައަޅައި ނިންމޭނީ (ހަމައެކަނި) މި ދުނިޔޭގެ ޙަޔާތުގައެވެ." ( 20-72)

"ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެއަށް ތިމަންމެން އީމާންވެއްޖައީމުއެވެ. އެއީ އެކަލާނގެ ތިމަންމެންގެ ކުށްތަކާއި، ކަލޭ ތިމަންމެންނަށް މަޖްބޫރު ކުޅަ ޖާދޫއާމެދު، ތިމަންމެންނަށް (ޢަފޫކުރައްވައި) ފާފަފުއްސެވުމަށްޓަކައެވެ. އަދި اللَّه އީ، އެންމެ ހެޔޮވެގެންވާ، އަދި އެންމެ ދެމިވޮޑިގެންވާ ރަސްކަލާނގެއެވެ." (20-73)

މިއަދު އަހުރެމެންނަށް މިތިބީ ކީއްވެފައިހެއްޔެވެ؟ އަހުރެމެންނަށް ނުދައްކަވަނީ ކޮންކަމެއް ހެއްޔެވެ؟ އެކަމަކު ވިސްނެނީ ކޮންއެއްޗެއް ހެއްޔެވެ؟ ސާބިތުކަމަކީ ކޮބައިހެއްޔެވެ؟ 

ސާބިތުކަން ނެތި މަގުފުރެދުމުން ދެން ކަންތައްވާނެ ގޮތްވެސް މިއޮތީއެވެ.

"ހަމަކަށަވަރުން، އެމީހެއްގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ކުށްވެރިއެއްގެ ގޮތުގައި އަންނަމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށްހުރީ ނަރަކަޔެވެ. އެތާނގައި އޭނާ މަރެއް ނުވާނެތެވެ. އަދި (ފުރިހަމަ ދިރުމަކުން) ނުމެދިރޭނޭމެއެވެ." (74-20) 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން