ރާއްޖޭގެ ފުރަތަމަ ފަހަރަށް ޤުރްއާން ހިތުދަސްކުރާ ދަރިވަރުންނަށް ކިޔަވަމުންދާއިރު ދިރިއުޅުމުގެ ޚަރަދު ދޭންފަށަން ނިންމައިފިއެވެ.
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވީ ޚަރަދު ދޭނީ އަމިއްލަ ރަށުން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ކަމަށެވެ.
ރައީސް ޞާލިޙްގެ ވާހަކަފުޅުން:
"އާދެ، ކުރިންވެސް ދެންނެވި ފަދައިން، ދީނީ ޢިލްމު، ޤުރްއާނުގެ ޢިލްމު، ރާއްޖޭގައި މިހާރަށްވުރެ ބޮޑަށް ފެތުރުމަށް، މި ސަރުކާރުން އިސްކަންދޭނެ. ޖަޒީރާ ތަރައްޤީގެ އެންމެ މައި ތަނބަކީ ރާއްޖޭގައި މިހާރަށްވުރެ ބޮޑަށް ދީނީ ޢިލްމު އުނގަންނައިދީ ފެތުރުން. މިގޮތުން، މިހާރުވެސް އިތުރު ކަންތައްތަކެއް އަޅުގަނޑުމެން ކުރަމުން އެބަ ގެންދަން. މި އަންނަ އަހަރު ފެށިގެން އަންނައިރުގައި، ޙާފިޡުކަން ކިޔަވަން ބޭނުންވާ ދަރިވަރުންގެ ތެރެއިން، އަމިއްލަ ރަށުން ބޭރުގައި ކިޔަވާ ދަރިވަރުންނަށް، ކޯސް ފުރިހަމަކުރުމަށް ބޭނުންވާ އެމީހުންގެ ދިރިއުޅުމުގެ ޚަރަދުތައް އިރާދަކުރެއްވިއްޔާ، ސަރުކާރުން ހަމަޖައްސައިދޭނަން." .