އިސްލާމްދީނުގެ ދައުލަތް ޤާއިމު ކުރުމަކީ ދީނުގެ ދަންނަބޭކަލުން އިޖްމާޢު ވެފާއޮތް މައްސަލައެއް އިނގޭތޯ! ދައުލަތެއް އޮންނަން ޖެހޭނެއިގޭތޯ! ކީއްވެގެންތޯ ދައުލަތް އޮންނަން މިޖެހެނީ؟ ﷲ ގެ އެއްކައުވަންތަކަން ޙިމާޔަތް ކުރުމަށްޓަކައި އިނގޭތޯ! ފުރަތަމަ މިސްކިތުގާ އަޅުގަނޑުމެން މިކުރާ ނަމާދުގާ ﷲ ނޫން އެހެން ފަރާތަކަށް އަޅުކަން ނުކުރުމަށް ﷲ އަންގަވާފައިވާ އިރުގާ ނަމާދުގެ އެއްކައުވަންތަކަން ޤާއިމު ކުރާފަދައިން އިޤްތިޞާދުގަވެސް އެއްކައުވަންތަކަން ޤާއިމު ކުރަން އެބަޖެހޭ!
އެއްކައުވަންތަކަން ޤާއިމުކުރަން އެބަޖެހޭ ޤާނޫނުގަވެސް އެއީ ﷲ އަންގަވާފައިވާ ގޮތްނޫން ގޮތަކަށް އެޤާނޫނުތައް އެކުލެވިގެން ނުވާނެ. ވިޔަފާރީގެ އުޞޫލުތައް ހުންނަންޖެހޭނީ ﷲ އަންގަވާފައިވާ ގޮތަށް ، އިޖްތިމާޢީ އަޚްލާޤިއްޔާތު ހުންނަން ޖެހޭނީ ﷲ އަންގަވާފައިވާ ގޮތަށް، އެގޮތުގެމަތިން އިސްލާމީ ޝަރީޢަތް ބިންމަތީގާ ޤާއިމު ވެގެންދާނީ.
ދެންމެ ޑރ. އަފްރާޝީމް ވެސް އެވިދާޅުވި ފަދައިން ދައުލަތުގެ ޒިންމާއަކީ މިދެންނެވި ގޮތަށް ތައުޙީދާއި ދީން ޙިމާޔަތް ކުރުންމީ. ރަސޫލުﷲ ﷺ ޙިޖުރަ ކުރެއްވީ ކީއްވެގެންތޯ! ދައުލަތް ޤާއިމް ކުރުމަށްޓަކައި އަދި އެކަމަށްވުރެ މުހިންމު ކަމުގެ ސަބަބުވެސް އެބައޮވޭ ޢުމަރު ރަޟިޔަﷲ ޢަންހު ޙިޖްރައިން ތާރީޚް ޖެއްސެވީވެސް އިނގޭތޯ އެކަމަށްވުރެ މުހިންމުކަން އެއީ އިސްލާމްދީނުގެ ދައުލަތް އިޢްލާންވެގެންދިއުން އެއީ އިސްލާމީ ޝަރީޢަތަށް ލިބިގެންދިޔަ އެންމެބޮޑު ނަޞްރަކީ ޙަޤީޤަތުގާ!
އެހެންވީމާ އަޅުގަނޑުމެން ބަލަމާ ދީނުގާ އޮވޭ "وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ" ނަމާދު ޤާއިމު ކުރާށޭ ޒަކާތް ދޭށޭ ދީނުގާ އެބައޮތް " وَأَحَلَّ اللَّهُ الْبَيْعَ وَحَرَّمَ الرِّبَا " ވިޔަފާރި ހުއްދަ ކުރެއްވިއޭ، ރިބާ ޙަރާމް ކުރެއްވިއޭ ދީނުގާ އެބައޮވޭ " وَلَا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ " ﷲ ޙުރްމަތްތެރި ކުރައްވާފައިވާ ނަފްސެއް ޤަތުލު ނުކުރާށޭ ކަމަކާނުލާ، ދީނުގާ އެބައޮތް " كُتِبَ عَلَيْكُمُ الْقِتَالُ وَهُوَ كُرْهٌ لَّكُمْ " ހަނގުރާމަ ކުރަން ޖެހިއްޖެ ޙާލަތުގަ ހަނގުރާމަ ވާޖިބު ވެއްޖޭ، މީ އިންޓަނޭޝަނަލް ރިލޭޝަން އެހެންނޫންތޯ؟
އެހެންވީމާ އިސްލާމް ދީނަކީ ފުރިހަމަޔަށް ޝާމިލްވެގެންވާ ދީނެކޭ. ދެން އަޅުގަނޑު ދަންނަވާނީ މިތަނުގާ ފާހަގަކޮށްލަން ބޭނުން ހަމަ ވަރަށް ބޮޑަށް ޝުކުރުވެރިކަމާ އެކު ފާހަގަކޮށްލަން ބޭނުންވޭ ދިވެހި ރާއްޖޭގާ މިހާރު ޢަމަލު ކުރަމުންމިދާ ޤާނޫނު އަސާސީ އަޅުގަނޑު ދަންނަވާނީ މިހާރު އަބަދުވެސް އަޅުގަނޑު ޖަލްސާތަކުގާ ވެސް ދައްކާ ވާހަކައެއް މިހާރު އިސްލާމީ ދައުލަތް ތަކުގާ އޮތް .....
- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދައްކަވާފައިވާ ވާހަކަފުޅަކުން