"މުދައްރިސުން މިތަނަށްޓަކައި ޤުރްބާންދެނީ އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން. ރިސްކް އެލަވަންސް ނުދިނަސް ކުޑަ މުސާރަކޮޅަކަށް މަސައްކަތްކުރަނީ ޢަރަބިއްޔާ ސްކޫލްދެކެ ލޯބިން. ސައްތައިން ސައްތަ އިސްލާމީ މި ޤައުމުގަ ދީނީ ޢަޤީދާއާ ވަޙުަދަތަށްޓަކައި އެތަނުގެ މުހިންމުކަން ބޮޑުކަމުން."
"ޢަރަބިއްޔާ ސްކޫލުން ކުރަންޖެހޭ މަސައްކަތަކީ އިސްލާމް ދީން އުނގައިނައިދީ އިސްލާމީ ވަޙުދަތުގެ މަތީގައި ޖީލް ބިނާކުރުމަށްޓަކާ ދަރިވަރުން ތަރުބިއްޔަތުކުރުން. ދަރިވަރުންނަށް އުނގަންނައިދީ އިސްލާމް ދީން ފެތުރުން. މުދައްރިސުން ރިސްކް ނަގައިގެންވެސް އެމަސައްކަތުގައި ދެމިތިބީ ވާންޖެހުނު ކޮންމެ ޤުރްބާނީއެއް ވެގެން ނަމަވެސް ﷲ ތަޢާލާގެ ދީން ފެތުރުމުގައި ދެމިތިބެން ބޭނުންވާތީ."
- ޝައިޚް ޒަމްޒަމް ފާރިޝް