ހުވަފަތްވީނަމަވެސް ކައިވެނި ރޫޅި އެކަނިވެރިވީނަމަވެސް ކަރުއެލުވާނުލައި އިސްނަގައިފިނަމަ އެންމެ ބޮޑު ނަޞީބުވެރިއަކަށްވެވޭނެ މަގު!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ހުވަފަތްވީނަމަވެސް ކައިވެނި ރޫޅި އެކަނިވެރިވީނަމަވެސް ކަރުއެލުވާނުލައި އިސްނަގައިފިނަމަ އެންމެ ބޮޑު ނަޞީބުވެރިއަކަށްވެވޭނެ މަގު!: މުފްތީ މެންކް

ހުވަފަތް އަންހެނުންގެ ގާތުގައި ނިކަން އަހައިބަލާށެވެ! ފިރިމީހާ މަރުވާ ދުވަހު ގިނަ ބައަކު ގެއަށް އަންނާނެއެވެ. އަންނަ އަދަދު މަދުވަމުން ގޮސް ހަފްތާއެއްވާއިރު އެކަކުވެސް ނުއަންނާނެއެވެ. އުޅެންޖެހޭނީ އެކަންޏެވެ. ޢާއިލާގެ މީހުންވެސް ދެން އަންނާނީ ޢީދު ދުވަސް ފަދަ ދުވަހެއްގައެވެ. އެކަމުގެ ސަބަބުން އެދުވަސްވެސް ހަލާކުވެގެންދާނެއެވެ. 

މުޅި އަހަރު ދުވަހު އުޅެންޖެހުނީ އެކަންޏެވެ. ނުހަނު ދަތިޙާލުގައެވެ. މީހުންނަށް ސަލާންޖަހައިގެންނެވެ. ތިބެންޖެހުނީ ނުކައި ނުބޮއެވެ. ބައެއް ދުވަސްދުވަހު އެއްއިރު ކައިގެންނެވެ. އެހާލުގައި ތިއްބާ ޢީދު ދުވަހު އައުމުން އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟ 

ހަމައެގޮތަށް ކައިވެންޏެއް ރޫޅިއްޖެނަމަ ފުރަތަމަކޮޅު ބައެއް މީހުން ޙާލުބަލައިލާނެއެވެ. ދެން ހަނދާނެއް ނުހުންނާނެއެވެ. ގިނަ ފަހަރަށް ގުޅުން ބޭނުންވާނީ ކޮންމެވެސް ކަމަކާއި ގުޅުވައިގެންނެވެ. ލޮބުވެތިކަނބަލުން ނިކަން ބުނެބަލާށެވެ! މިއަދުގެ ޢާންމު އާދަކާދައަކީ މިއީ ނޫން ހެއްޔެވެ؟ 

ލޮބުވެތިކަނބަލުންނޭވެ! ހުވަފަތްވީނަމަވެސް ކައިވެނިރޫޅިގެން އެކަނިވެރިވީނަމަވެސް ކަންބޮޑުނުވާށެވެ! ހަމައެކަނި އެންމެ ކަމެއް ހަނޑާންކޮށްލާށެވެ! މިހާލުގައި ދުނިޔޭގައި ކިތައް މިލިއަން އަންހެނުން ތިބޭނެ ހެއްޔެވެ؟ ތިމާއަކީވެސް ހަމަ އެއިގެ ތެރެއިން އެންމެ އަންހެނެކެވެ. ވީމާ ކުރިމަތިވެގެން މިއުޅެނީ އައުކަމެއް ނޫނެވެ. އެންމެންނަށްވެސް ކުރިމަތިވާ ކަމެކެވެ. ވީމާ ތިމާއަށް ކެތްތެރިނުވެވޭންވީ ކީއްވެގެން ހެއްޔެވެ؟ 

ސްކޫލްތަކުގައިވެސް މަތީ ފެންވަރުގެ އިމްތިޙާންތައް ބޮޑެތިވޭނޫންހެއްޔެވެ؟ ދިިއުޅުމަކީވެސް އެފަދަ ކަމެކެވެ. ﷲ ތައާލާ މީހަކުދެކެ ލޯބިވެވޮޑިގެންފިނަމަ ކުރިމަތިކުރައްވަވާ އިމްތިޙާން ވަރުގަދަވާނެއެވެ. އެއީ ހިތްދަތިކަން ބޮޑުވާނެ ޙާލަތެއް މެދުވެރިވުން ކަމުގައިވެސް ވެދާނެއެވެ. އެކަން ވިސްނައިގެން ކެތްތެރިވެއްޖެ ނަމަ އޮތީ އުފާވެރިކަމެވެ. ސުވަރުގޭގެ އެންމެ މަތީ ދަރަޖައެވެ. އިން ޝާ ﷲ

ދަންނާށެވެ! ދިރިއުޅުމުގައި މައްސަލައެއް ކުރިމަތިނުވަނީއެވެ. ޢާއިލާގެ މީހަކު މަރުވެސް ނުވަނީއެވެ. ބަލިވެސް ނުވަނީއެވެ. ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ކުރިމަތިނުވަނީއެވެ. އަހުރެންގެ ނަޒަރުގައި އެއީ އެންމެ ދެރަގޮތެވެ. ތިބާއަށް އިމްތިޙާނުތަކާއި ކުރިމަތިނުވުމުން ފާސްވާން މަސައްކަތްކުރުމުގެ ފުރުޞަތު ނުލިބުނީތީއެވެ! 

އެއިގެ ބަދަލުތައި އަތްމަތިދަތީއެވެ. އެކަނިވެރިވީއެވެ. ބަލިވެއުލެންޖެހެނީއެވެ. މިހެންގޮސް ތަފާތު މުޞީބާތްތައް ކުރިމަތިވަނީއެވެ. އެހުރިހާ ކަންކަމާއިއެކުވެސް ތިބާ ކެތްތެރިވަނީއެވެ. ނަމާދުކުރަނީއެވެ. ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދުންމަތީގައި ދެމިހުރީއެވެ. އެއޮތީ އިމްތިޙާންތަކުން ފާސްވެފައެވެ. ސުވަރުގޭގެ އެންމެ މަތީ ދަރަޖައަށް ވާޞިލުވުމުގެ ފުރުޞަތުލިބިފައެވެ. އިން ޝާ ﷲ . އެއަށްވުރެ ބޮޑު ނަޞީބަކީ ކޮބައިހެއްޔެވެ؟ އެފަދަ މީހަކަށްވުރެ ކާމިޔާބު މީހަކީ ކޮބައިހެއްޔެވެ؟ 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން