ޕާކްތަކަށް ގޮސްއުޅޭއިރު ފެންނަ ހަމައެކަނި މިކަމަށް ވިސްނައިލި ނަމަވެސް އިބިލީހުގެ ޙަމަލާތައް އަންނަ ގޮތް އެނގޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ޕާކްތަކަށް ގޮސްއުޅޭއިރު ފެންނަ ހަމައެކަނި މިކަމަށް ވިސްނައިލި ނަމަވެސް އިބިލީހުގެ ޙަމަލާތައް އަންނަ ގޮތް އެނގޭނެ!: މުފްތީ މެންކް

އަހަރެމެން ޕާކުތަކަށް ގޮސް އުޅެމުއެވެ. އެތަނުން ފެންނަ ކަންކަން ބަލަމުއެވެ. ވީމާ ފެންނަ ކަންކަމުން ޢިބްރަތް ޙާޞިލުކުރަން އެބަޖެހެއެވެ.

ޝީޝޯ ހެއްލާ ތަންތަން ދެކެމު ނޫންހެއްޔެވެ؟ އިބިލީސް ފައްސަން ބޭނުން ނަމަ ކަންކަން ކުރަންވީ ގޮތް ސީޝޯއިން އެފެންނަނީއެވެ. އިސްލާމް ދީނަށް އަމަލުކޮށް ތަޤްވާވެރިކަމުގެ ކޮޅަށް ބަރުކޮށްލާއިރަށް އިބިލީހުގެ ކޮޅު ބަލިކަށިވެ ލުއިވެގެންދާނެއެވެ. އެހިސާބުން އިބިލީސް ކޮންމެވެސް މަޅިތަކެއް ޖަހާނެއެވެ. ކޮންމެވެސް މަޅިތަކެއް ޖަހައިގެން ތަޤްވާވެރިކަމާއި ދުރުކުރުވައި އިބިލީހުގެ ކޮޅަށް ބަރުކޮށްލާނެއެވެ. އެ ހިސާބުން އީމާންކަން ކުޑަވެ ތަޤްވާވެރިކަމުގެ ކޮޅަށް ލުއިވެގެންދާނެއެވެ.

އެނގޭ ހެއްޔެވެ؟ ޝައިޠާނާގެ ކޮޅަށް ޖެހިލެވޭއިރަށް ތިމާގެ ހިތުން ﷲ ތަޢާލާއަށް އޮންނަ ބައި އުނިވެގެންދާނެއެވެ. އެކަން އެގޮތަށް ވުމަށް ދޫކޮށް ނުލާށެވެ! އަބަދުވެސް ﷲ ތަޢާލާ އާއި ގާތްވުމަށް މަސައްކަތްކުރާށެވެ! އެކަމަށް މަސައްކަތް ކުރާ ވަރަކަށް ހިތުގައި އޮންނަ ޝައިޠާނާގެ ބައި އުނިވެގެންދާނެއެވެ. މިއީ ހަމަ ސީޝޯއެއް ހެއްލުމުގެ މިސާލުގައި ހިނގަމުންދާ ކަންކަމެވެ.

މިއީ އަބަދުވެސް މިކަން ހިނގަމުން އަންނަ ގޮތެވެ. ވީމާ އަހަރެމެންނަށް ކުރަންޖެހޭ ކަމަކީ ތަޤްވާވެރިކަމުގެ ކޮޅަށް އަބަދުވެސް ބަރުކޮށްފައި ބާއްވަން މަސައްކަތް ކުރަންވީއެވެ. ތަޤްވާވެރިކަމުގެ ކޮޅަށް ބަރުކޮށް ބިންމަތީގައި ޖައްސާފައި އަބަދުވެސް ބޭއްވޭނަމަ އިބިލީހުގެ ކޮޅު އަބަދުވެސް އޮންނާނީ ލުއިވެފައެވެ. ދާނީ ނިކަމެތިވެ ކަމީނާވަމުންނެވެ. އެންމެފަހުން ކުޑަކުޑަ ހިންޏަކާއި އެއްވަރަށް ނިކަމެތިކޮށްލެވޭނެއެވެ.

މި މަސައްކަތަށް އެންމެ މުހިންމީ އެންމެން ގުޅިގެން މަސައްކަތްކުރުމެވެ. ނަމާދަށް ދާންވީ އެކަންޏެއް ނޫނެވެ. ސަރަހައްދުގައި އުޅޭ އެންމެން ގޮވައިގެންނެވެ. ކޮންމެ މީހަކުވެސް ބަލަންވީ އެންމެ އަޚަކުވެސް ނަމާދު ނުކޮށް ހުރިއަ ނުދިނުމަށެވެ. މިމަސައްކަތް ކުރެވޭނީ އެކަމަށް އެންމެން އެއްބަސް ކިޔައި ގުޅިގެންނެވެ. އެންމެން އެކުގައި މަސައްކަތްކޮށްގެންނެވެ.

އަޚާއަށް ކުރެވޭ ރަނގަޅު ނޫން ކަންކަން އެހެން މީހުން ފާހަގަކޮށްދޭށެވެ! އެކަމާއި ރުޅި އަުއުމުގެ ބަދަލުގައި މަރުޙަބާ ކިޔާށެވެ! ކުށެއް އިޞްލާޙްކުރަން ބުނި މީހާއަކީ ހަޤީޤީ އެކުވެރިއެއް ކަމަށް ބަލާށެވެ! އެހެނީ އަޚާ އެ މަސައްކަތް ކުރަނީ ތިބާ ނަރަކައިން ސަލާމަތް ކުރުމަށެވެ. ނަރަކައިން ސަލާމަތްކޮށްދިނުމަށެވެ. އަބަދުވެސް ބުނާފަދައިން ހަޤީޤީ އެކުވެރިންނަކީ އެއީއެވެ.

އެއްވެސް މީހަކީ ފުރިހަަމ މީހެއް ނޫނެވެ. ވީމާ ކުށް ކުރެވޭނެއެވެ. އެކަން ތިމާއަށްވުރެ ބޮޑަށް ފާހަގަކުރެވޭނީ އެހެން މީހުންނަށެވެ. ވީމާ އެހެން މީހަކު ކުށެއް ދައްކައިފިނަމަ އަވަހަށް އެކަން ޤަބޫލުކޮށް ޝުކުރުވެރިވާށެވެ! އިނާމުވެސް ދޭށެވެ! އަދިވެސް އިތުރަށް ކުށްތައް ދައްކައި ދިނުމަށް އެދޭށެވެ! ތަޤްވާވެރިކަންމަތީގައި ސާބިތުވެ ހުރެވޭނީ ކުރެވޭ ކުށްތައް އިޞްލާޙްކުރަމުން ގެންދެވޭ ނަމައެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން