ގޭގަ ނަމާދުކުރާ ވަގުތު ކަނޑައެޅުން- ދަރިން ނަމާދުކުރަން ހިތްޖެހުން އިތުރުވާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ގޭގަ ނަމާދުކުރާ ވަގުތު ކަނޑައެޅުން- ދަރިން ނަމާދުކުރަން ހިތްޖެހުން އިތުރުވާ ކަމެއް!

ދަރިންގެ ހިތުގައި ނަމާދުކުރަން ޝައުޤުވެރިކަން އުފައްދުވަން ބޭނުންނަމަ ކުރެވިދާނެ އެއް ކަމަކީ ގޭގައި ނަމާދުކުރާނެ ވަގުތުތައް ކަނޑައެޅުމެވެ. އެގޮތަށް ވަގުތު ކަނޑައެޅުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ކޮންމެ ނަމާދުވަގުތަކަށް ހުރިހާ އަންހެނުންނަށް (މައިންނަށް) ތައްޔާރު ނުވެވިދާނެކަމެވެ. ތައްޔާރުވެވޭނެނަމަ އެންމެ ރަނގަޅު ގޮތަކީ ވަޤުތު ޖެހުމުން ވަގުތުން ނަމާދުކުރުމެވެ.

ގޭގައި ނަމާދުކުރާނެ ވަގުތު ކަނޑައަޅައިފިނަމަ އެވަގުތައް ސަމާލުކަންދީގެން ގޭގައި ތިބޭ ހުރިހާ އަންހެނުން ކުދިން ގޮވައިގެން ޖަމާއަތެއްގެ ގޮތުގައި ނަމާދުކުރުމަކީ ނަމާދުކުރުމުގެ މުހިންމުކަން ކުދިންގެ ހިތަށް ވަންނާނެ ކަމެކެވެ. ނަމާދުކުރަން ޝައުޤުވެރިކަން އިތުރުވާނެ ކަމެކެވެ.

ހަމައެއާއެކު ގޭގެ ކަންކަން ހުންނަގޮތުން އަދި ޙާލަތުވެސް ހުންނަގޮތުނަ އެކުގައި ނަމާދުކުރެވެން ނުހުންނަ ގޭގޭގައިވެސް މައިން މަސައްކަތްކުރަންވާނީ އެންމެ ކުޑަމިނުން ދަރިފުޅު ގޮވައިގެން ނަމާދުކުރެވޭތޯއެވެ. ދަރިފުޅާ! އަވަހަށް ނަމާދުކުރާށޭ! ބުނުމުގެ ބަދަލުގައި ދަރިފުޅާއޭ! ނަމާދުކުރަން އަންނާށޭ! ބުނެވޭނަމަވެސް ނަމާދުކުރަން ދަރިންގެ ޝައުޤުވެރިކަން އިތުރުވާނެއެވެ.

ރަނގަޅަށް ވިސްނައިލާށެވެ.! ގޭގެ އެންމެން ނަމާދުކުރާނަމަ އެގެއެއްގައި މައްސަލަތައް މަދުވާނެއެވެ. ފިތުނަވެރިކަން ކުޑަވާނެއެވެ. ޙަސަދަވެރިކަން ނުވެސް އޮންނާނެއެވެ. އަދި ތަނަވަސްކަން އިތުރުވާނެއެވެ. ސަބަބަކީ އެގެއަކަށް ރަޙްމަތުގެ މަލާއިކަތުން ގިނަގިނައިން ވަޑައިގަންނަވާނެ ކަމެވެ. ރަޙްމަތް އިތުރުވާނ ކަމެވެ.

ވީމާ އުފާވެރި ދރއުޅުމަކަށް އެދޭނަމަ ގޭގެ އެންމެންވެސް ނަމާދުކުރަންވާނެއެވެ! ނަމާދު ނާޅައި ނަމާދު ޤާއިމްކުރަންވާނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން