ކީރިތި ޤުރައާނުގައި އަންހެނުން ހިލޭފިރިހެނުންގެ ކުރިމަތީގައި ހެދުން އަޅަން ބަޔާންކުރައްވާފައިވާ މިންގަނޑާއި ޚިލާފަށް ތަޢުލީމީ ވަޒީރު ހެދުން އަޅުއްވާ ގޮތަށް ހުރިހާ ޓީޗަރުން ހެދުން އެޅުވުމުގެ ކޮޅުމަތި ފެންނަން ފަށައިފި ކަމަށް ވިދާޅުވެ ދީނީ ބައެއް ޢިލްމުވެރިން ކަންބޮޑުވުން ފައުޅުކުރައްވަން ފަށްޓަކައިފިއެވެ.
މިގޮތުން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވަނީ "މޫނު ބުރުގާ އެޅި ޓީޗަރގެ ޙައްޤު ކޮބައިތޯ؟ ޙައްޤަކީ ވަކި ބަޔަކަށް އޮންނަ އެއްޗެއްތޯ؟" ސުވާލުކުރައްވައިފައެވެ.
ޑރ. އިޔާޟްވަނީ ޓީޗަރުން މޫނުބުރުގާ އެޅުން މަނާކުރަން މަޝްވަރާކުރެވުނު ބައްދަލުވުމެއްގެ ފޮޓޯއެއްވެސް ޓްވީޓްކުރައްވައިފައެވެ.
"އެންމެ ފުރަތަމަ ނަންގުވާނީ މޫނުބުރުގާ. ދެން ބުރުގާ. ދެން ހަމަ އިސްލާމް ދީނަށް ފުރައްސާރަކުރުމާ މިސްކިތްތަކުގެ ޙުރުމަތް ކެނޑުމުގެ ޘަޤާފަތް އުފެއްދުވިގޮތަށް ކަންކަން ގެންދަން އެއުޅެނީ. މިއީ ކުރިމަތިވާން އުޅޭ ވަރަށް ނުބައިކަންބޮޑު މައްސަލަތަކެއް ކަމަށްބެލެވެނީ." މިފަދަ ބަސްތައްވެސް ދަނީ އަޑުއިވެމުންނެވެ.
"ޤުރްއާނުގައިވާ ގޮތަށް ހެދުން ނާޅައިވެސް އުޅެވިދާނެ! ނަމާދުނުކޮށްވެސް މިއުޅެނީ ނޫންތޯ؟ ރޯދަ ނުހިފާވެސް އުޅެނީ ނޫންތޯ؟ ޒަކާތް ނުދައްކާވެސް ތިބެނީ ނޫންތޯ؟ ނަމަވެސް އެއީ އެކަންކަން ﷲ ހުއްދަކުރައްވަވާފައިވާތީއެއް ނޫނެއް ނޫންތޯ؟" ވެސް ބައެއް ޢިލްމްވެރިން ގެންދަވަނީ ސުވާލުކުރައްވަމުންނެވެ.
މޫނު ބުރުގާ އެޅި ޓީޗަރގެ ޙައްޤު ކޮބައިތޯ؟ ޙައްޤަކީ ވަކި ބަޔަކަށް އޮންނަ އެއޗެއްތޯ؟ @aisthly @cscmaldives pic.twitter.com/Xafuhdlu2X
— Dr.Mohamed Iyaz (@dr_iyaz) November 23, 2021