ތިބާގެ އަތުން މަންމަގެ އަނގައަށް ކާންލަވައި މަންމަގެ ހިތް އުފާކޮށްދިނުން- ޘަވާބު ފުނިފުނި ހޯދިދާނެ ޢަމަލެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ތިބާގެ އަތުން މަންމަގެ އަނގައަށް ކާންލަވައި މަންމަގެ ހިތް އުފާކޮށްދިނުން- ޘަވާބު ފުނިފުނި ހޯދިދާނެ ޢަމަލެއް!

ތިބާގެ މަންމަ، ތިބާ ތުއްތުއިރު ތިބާގެ އަނގައަށް ލައްވައި ކިތައް އަހަރު ކާންދިން ހެއްޔެވެ؟ އެކަން ކޮށްދިނީ ނުހަނު ލޯބިންނެވެ. ފަކުރުގަތުމެއް ނެތިއެވެ. ތިބާގެ މަންމަ މުސްކުޅިވިޔަސް ނުވިޔަސް އަނގައަށް ލައްވައި ކާންދޭން ފަކުރުގަނެގެން ދެކޮޅުޖެހޭނީ ކިހިނަކުންހެއްޔެވެ؟ 

މިވާހަކަ ދައްކަން މިޖެހެނީ މައިން މުސްކުޅިވެ އެނދުމަތިވާދުވަހު މައިންނަށް އަތުން ކާންދޭން ބައެއް ދަރިން އެބަ ޖެހިލުންވެއެވެ. ސަމުސަލުން އަޅަން ޖެހޭ ޙާލަތުގައި ސަމުސަލުން ކާން ނުދޭކަސް ނުބުނަމެވެ. ސަމުސަލުން ކާންދިންނަމަވެސް އަނގައިގައި އަތްޖެހިދާނެތީ ފަޖުރުގަންނަ ގޮތަށް ޢަމަލުތައް ބެހެއްޓުމަކީ މައިންގެ ހިތުގައި ޖެހޭނެ ކަމެކެވެ. 

މީގެ އިތުރުން ބައިވެރިޔާދެކެ ލޯބިންވެސް އަނގައަށް ލައްވައި ކާންދެނީ ނޫންހެއްޔެވެ؟ މިހެންބުނީތީ ގޮތްބަލައިލަން ނަމަވެސް މައިމީހާ ގަދަވެ ހުއްޓައި އެންމެ ސުވަލެއް ވިޔަސް ނިކަން އަތުން މައިމީހާގެ އަނގައަށްލަވައިލަބަލާށެވެ! މޭވާކާއިރު އުލަކަށް ހަރާފައިނަމަވެސް މައިމީހާގެ އަނގަޔަށް ނިކަންލަވައިލަބަލާށެވެ! މައިމީހާގެ ހިތް އުފަލުން ނަށަންފަށާނެއެވެ! 

މިފަދަ ނަޞޭޙަތްތައް މިދެނީ މައިންބަފައިންނަށް ހެޔޮކޮށް ހިތައި މައިންބަފައިން އުފަލުގައި ގެންގުޅުމަކީ ސުވަރުގެ ވަދެވެން އޮތް މަގަކަށްވާތީއެވެ. ޘަވާބު ފުނިފުންޏަށްހައި ގިނައިން ޙާޞިލްކުރެވެން އޮތް ކަމެކެވެ. އަހަރެމެން އެންމެ ބޮޑަށް ބޭނުންވާ ކަމަކީ ސުވަރުގެ ވަނުން ކަމުގައިވާތީއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން