ކިތަންމެ ބުރަކޮށް މަސައްކަތްކުރި ނަމަވެސް ނަމާދު ނާޅާށެވެ! ނަމާދުނުކުރެވުނީ މަސައްކަތް ބުރަކަމުން ކަމަށް ބުނެ ޔިމާކުރާ މަސައްކަތާއި ނަމާދުނުކުރެވުމާއި ނުއަޅުވާށެވެ!
ކުރާނެ މަސައްކަތް ދެއްވަވަނީ ﷲ ތޢާލާއެވެ. ކުރާ މަސައްކަތުގަ ބަރަކާތް ލައްވަވަނީވެސް ﷲ ތަޢާލާއެވެ. ބަންގިގޮވުމުން ވަގުތުން ޢިޖާބަދާން އަންގަވާފައިވަނީ ވެސް ހަމަ ﷲ ތަޢާލާއެވެ! ނަމާދުކޮށް ނިމުން އަވަހަށް މަސައްކަތަށް އެނބުރެން އެންގެވީވެސް ﷲ ތަޢާލާއެވެ.
ބަންގިގޮވުމުން ވަގުތުން ނަމާދުނުކުރެވޭ މީހުން ނަމާދުކުރުމަށްޓަކައި ކޮންމެ ނަމާދެއް ކުރުމަށްވެސް އެކަށީގެންވާ ވަގުތު ވަނީ ދެއްވަވައިފައެވެ. އެ ވަގުތުގެ ތެރޭގައި ނަމާދުކުރަން ޖެހޭނެ އެވެ. އަދި ނަމާދުތައް އެނަމާދުގެ ވަގުތުގައި އަދާކުރާ ބިލިއަނަރުންވެސް އެބަތިއްބެވެ! އެހެންކަމުން ކިތަންމެ ބުރަކޮށް މަސައްކަތްކުރި ނަމަވެސް ނަމާދުތައް ވަގުތުގައި ކުރަންބޭނުންވާ އެންމެންނަށްވެސް ނަމާދުކުރަން ބޭނުންމަ ނަމާދުކުރެވޭނެ އެވެ!