މިއަދުގެ އިމާމުގެ ކިބައިން ފެނުނު ބައެއް ކަންކަން- މިއީ ހަމަ ރަނގަޅު ގޮތްބާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
މިއަދުގެ އިމާމުގެ ކިބައިން ފެނުނު ބައެއް ކަންކަން- މިއީ ހަމަ ރަނގަޅު ގޮތްބާ!

އިމާމް ނަމާދަށް ގޮވާލައްވަމުން ވިދާޅުވީ ސުންނަތާއި އެއްގޮތަށް ސަފުހެދުމަށެވެ. އެއިރު އިމާމްގެ ފަޓުލޫނުން ފައިތިލައިގެ ބޮޑުބައެއް އޮތީ ނިވާވެފައެވެ. ފެންނަނީ ހަމައެކަނި އިނގިލިތަކެވެ. އެއިރުން އިމާމަށް އެހުރެވެނީ ސުންނަތާއި އެއްގޮތަށްތޯއެވެ؟ 

ޚުޠުބާ ކިޔަމުންދިއައިރު 2 ފަހަރު ޚުޠުބާގައި އޮތްގޮތާއި ދެކޮޅަށް ކީގެން އިޞްލާޙްކުރަންޖެހުނެވެ. 

އަބަދުވެސް ބައެއް އިމާމުންގެ ކިބައިން އަޑުއިވެނީ ދޭ އެލަވަންސް މަދުވާހަކައެވެ. ދޭ އެލަވަންސް މަދުނަމަވެސް އިމާމްވެ ހުކުރުކުރުމަކީ ވަރަށް ޒިންމާދާރުކަމާއިއެކު ކުރަންޖެހޭ ކަމެއް ކަމަށްވާއިރު އެކަމަށް ތައްޔާރުވެލައިގެން ދިއުން ރަނގަޅުނުވާނެބާވައެވެ! 

ހެދުމުގެ އެލަވަންސް ކަނޑާލާފައި އޮތް ނަމަވެސް ބައެއް އިމާމުން އަދިވެސް އިމާމްހެދުން ތުރުކުރައްވައެވެ. އެބޭފުޅުން އެކަން ކުރައްވަނީ ލިބިވަޑައިގަންނަވާ އެލަވަންސަކަށްވުރެ ކަމުގެ މުހިންމުކަމަށް ސަމާލުކަންދެއްވާތީއެވެ.

މިއަދު އޮންލައިން