ކޮންމެ ދުވަހަކު މަރުވާ މީހުންގެ ޢުމުރަށް އެކަނި ބެލިނަމަވެސް ހިތަށް ބިރުވެރިކަން ވަންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ކޮންމެ ދުވަހަކު މަރުވާ މީހުންގެ ޢުމުރަށް އެކަނި ބެލިނަމަވެސް ހިތަށް ބިރުވެރިކަން ވަންނާނެ!

ދުނިޔޭގެ އާބާދީގައި މިހާރުތިބި 7.5 ބިލިއަން މީހުންކަމަސް ބެލެވޭއިއރު އެއިގެ ތެރެއިން 4.5 ބިލިއަން މީހުން ސޯޝަލް މީޑިއާ ބަލާކަމަށާއި އެއިގެ ތެރެއިން 3.8 ބިލިއަން މީހުން ސޯޝަލް މީޑިއާގައި ޙަރަކާތްތެރިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. 

އާބާދީގެ ނިޞްބަތުން ބަލައިފިނަމަ ރާއްޖޭގެ އާބާދީގެ ގިނަ ބައަކު ސޯޝަލް މީޑިއާ ބަލައެވެ. ޙަރަކާތްތެރިވެސް ވެއެވެ. މީގެ ތެރެއިން ގިނަ ބައަކު ކަށުނަމާދުގެ މައުލޫމާތު ފޯރުކޮށްދޭ ގްރޫޕްތައް ބަލައެވެ. ސުވާލަކީ އެއްޗެއް ވިސްނޭ ހެއްޔެވެ؟

ކޮންމެ ދުވަހަކު މަރުވާ މީހުންނަށް ބަލައިފިނަމަ ގިނައީ ދޮށީ ޢުމުރުގެ މީހުންނެވެ. ނަމަވެސް ތުއްތުކުދިންނާއި ކުޑަކުދިންނާއި ޒުވާނުންވެސް މަރުވެއެވެ. އެކަމުގެ މައުލޫމާތު ދަނީ ކޮންމެ ދުވަހަކުވެސް ލިބެމުންނެވެ. 

ކޮންމެއަކަސް އަޅުގަނޑުގެ ސުވާލަކީ ކޮންމެ ދުވަހަކުވެސް މަރުވާ މީހުންގެ ޢުމުރާއިމެދު ވިސްނުން ހިންގާލަމު ހެއްޔެވެ؟ ވިސްނާލާނަމަ މަރުވާން ވަކި އުމުރެއް ނެތްކަން އެނގޭނެއެވެ. އެކަން އެނގުމުން ހިތަށް ބިރވެތިކަން ވަދޭހެއްޔެވެ؟ ދެން މަރުވާނީ ތިމާކަމަސްވެދާނެތީ ބިރެއް ނުގަނޭ ހެއްޔެވެ؟ 

އެހެންކަމުން ޢިލްމުވެރިއަކު ވިދާޅުވެފައިވާ މިބަސްފުޅަށް ވިސްނައިލުން ކީއްހެއްޔެވެ؟ 

"ލޮބުވެތި އަޚުން! އަޅުގަނޑުމެނަށް ﷲ ސުބްޙާނަހޫވަތަޢާލާ ދެއްވާފައިމިވާ ޅަޢުމުރުގެ ނުވަތަ ޙަޔާތުގެ ދުވަސްތައް ހެޔޮގޮތުގައި އަޅުގަނޑުމެން އާރާސްތު ކުރަންޖެހޭ، ﷲ ސުބްޙާނަހޫ ވަތަޢާލާ އަންގަވާފައިވާ މަގުން އަޅުގަނޑުމެން ހިނގަން ޖެހޭނީ ، ﷲ ގެ ރަސޫލާ މުޙައްމަދު ﷺ އަޅުގަނޑުމެނަށް ދައްކަވާދެއްވާފައިވާ މަގު އަޅުގަނޑުމެން އިޚްތިޔާރު ކުރަންޖެހޭނީ. އެއީ އަޅުގަނޑުމެން ނަމޫނާއެއްކަމަށް ބަލަން ޖެހޭނީ އޭރުން އާޚިރަތް ބާއްޖަވެރިވެގެންދާނީ!"

މިއަދު އޮންލައިން