އެހީއަށްއެދި ތިބާ ދެއަތް އުފުލާލުމުން ފޮނުއްވަވަނީ އެންމެ މަލާއިކަތެއް ނޫނެވެ! ހާހުންނެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
އެހީއަށްއެދި ތިބާ ދެއަތް އުފުލާލުމުން ފޮނުއްވަވަނީ އެންމެ މަލާއިކަތެއް ނޫނެވެ! ހާހުންނެވެ!

އަހަރެމެންގެ ތެރެއިން ގިނަ ބައަކަށް މިއަދު ޤަބޫލުކުރަން އުނދަގޫވާ ކަންތައްތަކުގެ ތެރޭގައި ﷲ ތަޢާލާގެ ދީލަތިވަންތަކަން ހިމެނޭކަމީ ހިތާމަހުރިކަމެކެވެ. އެކަން ޤަބޫލުކުރެވޭނަމަ ތިމާގެ ހުރިހާ ޢަމަލުތަކެއް އިޞްލާޙްވާނެއެވެ. ފާފަތަކަށް އަރައިގަންނަން ބިރުވެތިވެވޭނެއެވެ.

"ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް އެހީއަށްއެދި ތިޔަބައިމީހުން ދެންނެވިހިނދު، ހަނދުމަކުރާށެވެ! ފަހެ، އެހިނދު އެކަލާނގެ ތިޔަބައިމީހުންނަށް އިޖާބަދެއްވައި އެންގެވިއެވެ. މަލާއިކަތުންގެ ހާހަކުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް މަދަދު ދެއްވާހުށީމެވެ. އެކަކަށްފަހު އަނެކަކު އަންނަގޮތުގައެވެ." (އަންފާލް:9)

މިއާޔަތުގައި އެވަނީ "ތިއަބައިމީހުންގެވެރި" އެވެ. މާނައަކީ އެންމެހައި މީސްތަކުންގެވެރި އެވެ. ވީމާ އެއިގެ ތެރޭގައި ތިބާވެސް ހިމެނެއެވެ. އަހުރެންވެސް ހިމެނެއެވެ. އެންމެންވެސް ހިމެނެއެވެ.

ރަޙްމަތުގެ މަލާއިކަތުން ތިބާއާއި ހަމައަށް ހާހުން ގޮނުއްވެވުވް އެދި ކުރަންޖެހެނީ އެންމެ ކަމެކެވެ. އެއީ އެވަރުގެ އީމާންތެރިއަކުކަމުގައިވުމެވެ. ތަޤްވާވެރިއަކު ކަމުގައިވުމެވެ. ﷲ ތަޢާލާގެ މަގުގައި ސާބިތުވެހުރުމެވެ.

ގިނަގިނައިން ތައުބާވާ މީހުންގެތެރެއިން ހިމެނޭށެވެ! އަދި އީމާންތެރި، ތަޤްވާވެރިއަކުކަމުގައިވެ އެކަލާނގެ މަގުިގައި ސާބިތުވުމަސްފަހު ދެއަތް އުފުލައި ދުޢާކުރާށެވެ! އެކަލާނގެ ރަޙްމަތް ތިބާއަށްވެސް އޮއްސަވާނެތެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން