ދަރިންގެ ޢާއިލީ ދިރިއުޅުމަށް ހުރަސް އެޅުމާ ދަރިފުޅު ވަރިކުރުވަން ފަންޑިތަ ހެއްދުވުމަކީވެސް އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގަ ހިމެނޭނެ ފާފަ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ދަރިންގެ ޢާއިލީ ދިރިއުޅުމަށް ހުރަސް އެޅުމާ ދަރިފުޅު ވަރިކުރުވަން ފަންޑިތަ ހެއްދުވުމަކީވެސް އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގަ ހިމެނޭނެ ފާފަ!: މުފްތީ މެންކް

މުސްލިމުންގެ ތެރެއިން ގިނަ ބައަކު އެމީހުންގެ އަމިއްލަ ދަރިން ކައިވެނިކޮށްގެން އުޅޭ މީހާ އާއި ދުރުކުރުވުމަށްވެސް ސިހުރުހަދާ މީހުންގެ އެހީތެރިކަން ހޯދައެވެ. އެފަދަ ބެލެނިވެރިން އެކުރަނީ ވަރަށް ބޮޑު ފާފައެކެވެ. އެއްވެސް މީހެއްގެ ކައިވެނި ރޫޅުވަން އެއްވެސް ބާވަތެއްގެ ކަމެއް ކުރުމަކީ ވަރަށް ބޮޑު ނުބައި ކަމެކެވެ.

ދަރިންގެ ކިބައިން ހިތް ހަމަ ނުޖެހޭ ކަމެއް ފެންނަނަމަ އޮތީ ކައިވެނި ރޫޅުވުމެއް ނޫނެވެ. އެކަމެއް އިޞްލާޙްމުރަން ނަޞޭޙަތް ދިނުމެވެ. ކައިވެނި ރޫޅުވަން އެއްވެސް ބާވަތެއްގެ މަސައްކަތެއް ކޮށްފިނަމަ އެއަރައިގްނެވެނީ ބޮޑުވެގެންވާ ފާފައަކަށެވެ.

ބައެއް މައިން ބަފައިން އެމީހުން ބޭނުންވާ މީހަކާއި ދަރިފުޅު ކައިވެނި ކުރުވަން ބޭނުންވެގެންވެސް ސިހުރުވެރިންގެ އެހީތެރިކަން ހޯދައެވެ. އެކުރެވެނީވެސް ބޮޑުވެގެންވާ ފާފައެކެވެ. ދަރިފުޅު އަމިއްލައަށް ކައިވެނި ކުރާނެ މީހަކު ހޯދުމުން އެމީހަކާއި ހިތް ހަމަނުޖެހިގެން ނަމަވެސް ސިހުރުވެރިންގެ އެހީތެރިކަން ހޯދުމަކީ ކުރެވޭ ވަރަށް ބޮޑު ފާފައެކެވެ. އަދި އެކަންވާނީ ދަރިފުޅަށް ދެވޭ ވަރަށް ބޮޑު އަނިޔާއަކަށްވެސްމެއެވެ.

ދަރިފުޅު ކައިވެނިކުރަން އުޅޭ މީހާ އާއިމެދު ހިތްހަމަ ނުޖެހޭނަމަ ވިސްނައިދޭށެވެ. އަމިއްލައަށް އެކަން ނުކުރެވޭނަމަ އިތުބާރު ކުރެވޭ މީހަކު މެދުވެރިކޮށްގެންވެސް ވިސްނައިދޭށެވެ. ދަރިފުޅު އެކަން ޤަބޫލު ނުކުރި ނަމަވެސް ﷲ ތަޢާލާގެ އިންތަކުން ބޭރުވެގެން ނުވާނެއެވެ. ސިހުރު ހަދައިގެން ނުވާނެއެވެ. ތަޅައި އަނިޔާކޮށްގެން ނުވާނެއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން