ރޫޙާނީ ބަލިމަޑުކަމުން ސަލާމަތްވެވޭނެ 5 ގޮތް: 2

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ރޫޙާނީ ބަލިމަޑުކަމުން ސަލާމަތްވެވޭނެ 5 ގޮތް: 2

ދެވަނައީ: އާޔަތުލްކުރްސި ކިޔެވުން. އެއީ ކީރިތި ޤުރްއާނުގައިވާ އެންމެ މަތިވެރި އާޔަތް ރަސޫލުﷲ ﷺ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގައިވޭ  أَعْظَمُ آية فِى القُرْآن: " اللَّهُ لَا إِلَٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ "  މާނައީ ކީރިތި ޤުރްއާނުގައިވާ އެންމެ މަތިވެރި އާޔަތަކީ  " اللَّهُ لَا إِلَٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ "  މިއެވެ. އަދި ހަމަ އެހެންމެ އާޔަތުލްކުރްސި ކިޔެވުމަކީ ސުވަރުގެ ދިއުމަށް މެދުވެރިވާ ސަބަބެއް، ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގާވޭ ކޮންމެ ފަރުޟް ނަމާދެއްގައި އާޔަތުލްކުރްސި ކިޔަވައިފި ކަމުގައިވަނީނަމަ އޭނާ ސުވަރުގެ ވަނުމަށް މަރުފިޔަވާ އިތުރު ހުރަހެއް ނުވެއެވެ. 

އާޔަތުލްކުރްސި ކިޔެވުމަކީ، ޖިންނި ޝައިޠާނުންގެ ނުބައިކަމުން ރައްކާތެރިކަން ލިބިގެންދާނޭ ކަމެއް. އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިއަހުން ރިވާވެގެންވޭ، ފިޠުރުޒަކާތުގެ މުދާ ބެލެހެއްޓުމަށް  ރަސޫލުﷲ ﷺ ތިމަންކަލޭގެފާނާޙަވާލު ކުރެއްވެވި އެވެ. އެއްފަހަރަކު އެތަނަށް މީހަކު ވަދެ ވައްކަންކުރަން ފެށުމުން ތިމަން ކަލޭގެފާނު އޭނާ ހިފަހައްޓާ ތިބާގެ މައްސަލަ ކީރިތި ރަސޫލާގެ އަރިހަށް ހުށަހަޅާނެކަމަށް ބުނުމުން އޭނާ ބުންޏެވެ. ތިބާ ނިދަން ތަންމައްޗަށް އަރާ ހިނދު އާޔަތުލްކުރްސި ކިޔަވާށެވެ. ފަހެ އޭރުން ތިބާގެ ކައިރިން ދުރުނުވެ ތިބާ ރައްކާތެރި ކޮށްދޭނޭ ފަރާތެއް މާތް ﷲ ގެ ޙަޟްރަތުން ލައްވަވާނެއެވެ. އަދި އިރުއެރުމާހަމަޔަށް ތިބާއާ ޝައިޠާނާ ގާތްނުވާހުއްޓެވެ. 

މިވާހަކަ ފަހުން ކީރިތި ރަސޫލާއަށް ދެންނެވުމުން ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ. ހަމަކަށަވަރުން އެއީ ބޮޑު ދޮގުވެރިއެކެވެ. އެހެންނަމަވެސް މިފަހަރު އޭނާ ތެދުބުނެފިއެވެ. އެއީ ހަމަކަށަވަރުން ޝައިޠާނާ އެވެ. އެހެންކަމުން ކޮންމެ ނަމާދަކަށްފަހުގައާއި ހެނދުނާއި، ހަވީރު، އަދި ރޭގަނޑު ނިދުމުގެ ކުރިން އާޔަތުލްކުރްސި ކިޔެވުމަށް ފަރުވާތެރިވާންޖެހޭ.

އަދި ނުނިމޭ

- މިސްކަތު ފައުންޑޭޝަންގެ ދަރުސަކުން

މިއަދު އޮންލައިން