ކުރަން ބޭނުންވާ ދުޢާ ހިތުން ނޭނގޭނަމަ ނަމާދުގައި ގަނޑެއް ބަލައިގެން ކީދާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ކުރަން ބޭނުންވާ ދުޢާ ހިތުން ނޭނގޭނަމަ ނަމާދުގައި ގަނޑެއް ބަލައިގެން ކީދާނެތަ؟

ޢުމުރުން ދުވަސްވުމުގެ ސަބަބުންނަވެސް އެހެން ސަބަބުތައް މެދުވެރިވެގެން ނަމަވެސް ކުރަން ބޭނުންވާ ބައެއް ހިތުން ނުދަންނަ މީހަކުނަމަ ނަމާދުގައި ދުޢާ ލިޔެފައިވާ ގަނޑެއް ބަލައިގެން ކީދާނެ ކަމާއިމެދު ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ ދަންނަވަމެވެ. ބައެއް މަޤާމްތަކުގައި ކީދާނެއެވެ. ތިރީގައިވާ ލިޔުމުން އިތުރު ތަފްޞީލް ލިބިވަޑައިގަންނަވާނެއެވެ.

"މީހަކަށް ދުޢާތައް ދަސްވެފައި ނުވާނަމަ، އެ ދުޢާތައް ގަނޑެއްގައި ލިޔެގެން ދުޢާކުރަންޖެހޭ ވަޤުތުތަކުގައި އެދުޢާތައްކުރުމަކީ މައްސަލައެއް ނޫނެވެ. އެއީ މިސާލަކަށް ރޭގަނޑުގެ (ތިން ބައިން) ފަހުބައިގައާއި ރޭގަނޑުގެ އެކި ވަޤުތުތަކާ އަދި އެނޫންވެސް ވަޤުތުތަކުގައެވެ. ދަތިކަމަކަށް ނުވާނަމަ، އެންމެ ފުރިހަމަ ގޮތަކީ އެދުޢާތައް ހިތުދަސްކޮށްގެން ޚުޝޫޢަތްތެރިކަމާއެކު ކިޔުމެވެ.

ނަމާދުގައި އެފަދައިން ދުޢާކުރުމާމެދު ދަންނައެވެ. އެންމެ މޮޅު އިތުރު ގޮތަކީ ދުޢާތައް ހިތުދަސްކޮށްގެން، ކުރު ދުޢާތައް ކިޔުމެވެ.

މިސާލަކަށް އައްތަޙިއްޔާތުގައި ނުވަތަ ދެސަޖިދަ ދެމެދުގައި ގަނޑެއްބަލައިގެން ދުޢާކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ދުޢާތައް ހިތުދަސްކުރުމަކީ ޚުޝޫޢަތްތެރިކަމާ އެންމެ ގާތްކަންބޮޑުގޮތެވެ.

والله ولي التوفيق. سماحة الشيخ عبدالعزيز بن باز – رحمه الله –

ސުޢޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ

_________________________________

[1] نشر في كتاب الدعوة ج1 ص72

--މަސްދަރު: ދިސަލަފިއޔާ

މިއަދު އޮންލައިން