ރޭގަނޑު ނިދިން ހޭލެވިއްޖެނަމަ ވަގުތު ބޭކާރުނުކޮށް އަވަހަށް މިދުޢާކޮށްލާށެވެ! އަދި ބޭނުންވާ ކަންކަމަށްވެސް އެދި ދަންނަވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 38ސ
ރޭގަނޑު ނިދިން ހޭލެވިއްޖެނަމަ ވަގުތު ބޭކާރުނުކޮށް އަވަހަށް މިދުޢާކޮށްލާށެވެ! އަދި ބޭނުންވާ ކަންކަމަށްވެސް އެދި ދަންނަވާށެވެ!

ރޭގަނޑު ހޭލެވުމުން

((مَنْ تَعَارَّ مِنَ اللَّيْلِ، فَقَالَ: لاَ إِلَهَ إِلَّا اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، الحَمْدُ لِلَّهِ، وَسُبْحَانَ اللَّهِ، وَلاَ إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ، وَلاَ حَوْلَ وَلاَ قُوَّةَ إِلَّا بِاللَّهِ، ثُمَّ قَالَ: اللَّهُمَّ اغْفِرْ لِي، أَوْ دَعَا، اسْتُجِيبَ لَهُ، فَإِنْ تَوَضَّأَ وَصَلَّى قُبِلَتْ صَلاَتُهُ))

[رواه البخاري (1154)]

މާނައީ: "ރޭގަނޑު ހޭލާފައި،

لاَ إِلَهَ إِلَّا اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، الحَمْدُ لِلَّهِ، وَسُبْحَانَ اللَّهِ، وَلاَ إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ، وَلاَ حَوْلَ وَلاَ قُوَّةَ إِلَّا بِاللَّهِ

ދުޢާގެ މާނައީ: ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އިލާހަކު ނުވެއެވެ. އެއީ އެއްކައުވަންތަ އިލާހެވެ. އެއިލާހަށް ޝަރީކަކު ނުވެއެވެ. ވެރިކަންވަނީ އެއިލާހަށެވެ. އަދި އެންމެހާ ޙަމްދެއްވެސް ވަނީ އެއިލާހަށެވެ. އަދި އެއިލާހު ކޮންމެ ކަމަކަށްމެ ކުޅަދުންވަންތަވެ ވޮޑިގެންވެއެވެ. އެންމެހާ ޙަމްދު ވަނީ ﷲ އަށެވެ. އަދި ﷲ ހުސްޠާހިރުވަންތަވެ ވޮޑިގެންވެއެވެ. އަދި ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ.  އަދި ހުރިހާ އެއްޗަކަށްވުރެ ﷲ ބޮޑެވެ. އަދި ހެޔޮކަމެއް ކުރުމުގެ ބާރެއް އަދި ނުބައިކަމަކުން ސަލާމަތްވުމުގެ ބާރެއްވެސް އެއިލާހު ޙަޟްރަތުން މެނުވީ ނުވެއެވެ."

މިފަދައިން ކިޔާ، ދެން އެއަށްފަހު،

اللَّهُمَّ اغْفِرْ لِي

(ދުޢާގެ މާނައީ(sad) "އޭ ﷲ! މިއަޅާގެ ފާފަފުއްސަވާނދޭވެ."

މިފަދައިން ކިޔައިފިމީހަކު ނުވަތަ ދުޢާކޮށްފިމީހަކު ދަންނައެވެ. އޭނާއަށް އިޖާބަކުރެވޭނެއެވެ. ފަހެ، އޭނާ ވުޟޫކޮށްގެން ނަމާދުކޮށްފިނަމަ އޭނާގެ ނަމާދު ޤަބޫލުކުރެވޭނެއެވެ." 

- އަލްއުޚުތު އުންމި ޢަބްދިﷲ 

ނިދީން ހޭލެވިއްޖެނަމަ މިފަދައިން ދުޢާކުރާށެވެ! އަދި އެމީހަކު ބޭނުންވާ ކަންކަމަށް އެދިވެސް ދަންނަވާށެވެ! ޢިޖާބަކުރައްވަވާނެތެވެ! އިން ޝާ ﷲ

މިއަދު އޮންލައިން