ކައިވެނީގެ މައްސަލަތަކުގަ އިސްލާމް ދީނުގެ އުޞޫލުތައް ޤަބޫލުނުކޮށް ފާޑުކިޔާމީހުންނަށް ޑރ. ޒާކިރު ނައިކް ދެއްވީ ވަރަށް ފުރިހަމަ ރައްދެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ކައިވެނީގެ މައްސަލަތަކުގަ އިސްލާމް ދީނުގެ އުޞޫލުތައް ޤަބޫލުނުކޮށް ފާޑުކިޔާމީހުންނަށް ޑރ. ޒާކިރު ނައިކް ދެއްވީ ވަރަށް ފުރިހަމަ ރައްދެއް!

އިންޑިއާގައި ކައިވެނިކުރެވޭ އުމުރަކީ 18 އަހަރެވެ. އެމެރިކާގައި ކައިވެނި ކުރެވޭ އުމުރަކީ 16 އަހަރެވެ. ހަމަ އެމެރިކާގެ ޓެކްސަސްގައި އުމުރުން 14 އަހަރުގައި ކައިވެނި ކުރެވެއެވެ. (ބައެއް ސްޓޭޓްތަކުގައި 12 އަހަރުވުމުންވެސް ކުރެވެއެވެ.) މިއީ މި ޤައުމުތަކުގެ ޤާނޫނު ކަމުގައިވުމުން އެއިން ކަމަކާއި ޝަކުވާ ކުރާނެ މީހަކު ނުވެއެވެ.

އިސްލާމް ދީނުގައި ކައިވެނި ކުރެވޭ އުމުރަކީ ކުއްޖާ ބާލިޣްވުމެވެ. އަދި ހަށިގަނޑު އެކަމަށް ތަޝައްރަފްފުދުމެވެ. އެކަން މުސްލިމުންގެ ޤާނޫނު، ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ. ނަމަވެސް އެކަމާއި ބެހި ފާޑު ނުކިޔައި ތިބެވޭ ކަމަށް ނުވެއެވެ.

ރަސޫލް (ﷺ) ޞަހާބީއަކަށް ހަގު ކުއްޖަކާއި ކައިވެނި ކުރައްވަން ވިދާޅުވެފައި އޮތުމުން އެކަން އެބަ ކުށްވެރި ކުރެއެވެ. ރަސޫލް (ﷺ) ހުރިހާ މުސްލިމުން ހަގު ކުދިންނާއި ކައިވެނިކުރަން ޙަދީޘްފުޅު ކުރައްވަވާފައެއް ނުވެއެވެ. ކައިވެނިކުރަން ބަލަން ޙަދީޘްފުޅުގައި އޮތީ 4 ކަމެކެވެ. 4 ކަމެކެވެ. އެއިގެ ތެރެއިންވެސް އެންމެ ބޮޑު އިސްކަމެއް ދެއްވަވާފައި ވަނީ ތަޤްވާވެރިކަމަށެވެ. ކުއްޖާގެ އުމުރުގެ ވާހަކަ 4 ކަންތަކުގެ ތެރެއަކު ނުވެސް އާދެއެވެ.

ރަސޫލް (ﷺ) ޞަޙާބީންނަށް ކަންކަން ޙަދީޘްފުޅު ކުރައްވަވާފައިވަނީ އެބޭކަލަކު ބޭނުންވެވަޑައިގަންނަވާނެ ގޮތް ރަސޫލް (ﷺ) އަށް އެނގިވަޑައިގަންނަވާތީއެވެ. އެހެންކަމުން އެއްކަމެއްގައި 2 ޞަހާބީންނަށް 2 ގޮތަށްވެސް ޙަދީޘްފުޅު ކުރައްވަވާފައި އެބަހުއްޓެވެ.

އެއްބޭކަލަކަށް ރޯދައަށް ހުންނަވައި އަނބިކަނބަލުންގެ ހަށިކޮޅުގައި ބޮސް ދެއްވަން ހުއްދަ ދެއްވެވިއެވެ. އެއީ ބޮިސް ދެއްވި ނަމަވެސް އެބޭކަލަކަށް އެބޭކަލެއްގެ ނަފުސް ކޮންޓްރޯލް ކުރެއްވެވޭނެތީއެވެ. 2 ވަނަ ބޭކަލަކަށް އެ ހުއްދަ ވަނީ ނުދެއްވަވައިފައެވެ. އެއީ އެބޭކަލަކަށް އެބޭކަލެއްގެ ނަފްސް ކޮންޓްރޯލް ނުކުރެއްވެވޭނެކަން އެނގިވަޑައިގަންނަވާތީއެވެ.

ކައިވެނި ޞައްޙަ ވާނީ އަންހެން މީހާ އާއި ފިރިހެން މީހާ ރުހިގެން ކައިވެނިކުރުމުންނެވެ. ވީމާ ކޮންމެ އުމުރެއްގެ ދެމީހަކު ނަމަވެސް، ދެ މީހުންގެ އުމުރު ކިތަންމެ ތަފާތު ނަމަވެސް ކައިވެނި ކުރެވޭ 2 މީހުންގެ ރުހުމުގައި ކައިވެނި ކުރެވޭނަމަ އެކަމާއި ބެހުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. އެއީ އެދެމީހުންގެ ކަމެކެވެ.

ދެން ބަލައިލަންވީ ރަސޫލް (ﷺ) ކުރެއްވެވި ކައިވެނިފުޅުތަކަށެވެ. އެންމެ ފުރަތަމަވެސް ކައިވެނިފުޅު ބައްވަލައިގަތީ ރަސޫލް (ﷺ ) އަށްވުރެ 15 އަހަރު ދޮށީ ބޭކަނބަލަކާއިއެވެ. ހުރިހާ އަނބިކަނބަލުންގެ ތެރޭގައިިވެސް ހިމެނިވަޑައިގަންނަވަނީ ބިކުރުވެރި އެންމެ ބޭކަނބަލެކެވެ. ދެން ތިއްބެވީ ކައިވެނި ރޫޅިފައި ނުވަތަ ހުވަފަތްވެފައި ތިއްބެވި ބޭކަނބަލުންނެވެ.

--ޑރ. ޒާކިރު ނައިކުގެ ދަރުސަކުން ދަރުސްގެ ވީޑިއޯ:

 

މިއަދު އޮންލައިން