ކިތަންމެ ބުރަކޮށް މަސައްކަތްކުރި ނަމަވެސް ނަމާދު ނާޅާށެވެ!
ކޮންމެ ނަމާދެއް ކުރުމަށްވެސް އެކަށީގެންވާ ވަގުތު ވަނީ ދެއްވަވައިފައެވެ. އެ ވަގުތުގެ ތެރޭގައި ނަމާދުކުރަން ޖެހޭނެ އެވެ. ނަމާދުތައް އެނަމާދުގެ ވަގުތުގައި އަދާކުރާ ބިލިއަނަރުންވެސް އެބަތިއްބެވެ. އެހެންކަމުން ކިތަންމެ ބުރަކޮށް މަސައްކަތްކުރި ނަމަވެސް ނަމާދުތައް ވަގުތުގައި އެންމެންނަށްވެސް ކުރެވޭނެ އެވެ.
ޝައިޚް ޢަލީ ޒައިދު މިމޭރުމުން ވިދާޅުވެފައިވާއިރު ރާއްޖޭގެ އެންމެ ކާމިޔާބު، އެންމެ ބޮޑެތި ބައެއް ވިޔަފާރިވެރިން ގެންދަވަނީ ޖަމާޢަތުގައި ނަމާދުކުރައްވަމުން ކަމާއި އެބޭފުޅުންގެ ވިޔަފާރި އަންނަނީވެސް ބޮޑުތަނުން ކުރިއަރަމުންކަން ފާހަގަކުރެވެއެވެ.