ހުޅުމާލެ ، ސެންޓްރަލް ޕާކުގައި، 3 ޑިސެމްބަރ 2021 ގައި ، ކުރިއަށް ގެންދިޔަ ކިޑްސް ސްޕޯޓްސް ފެސްޓިވަލްގައި ނަޞާރާ ދީން ޕްރޮމޯޓުކޮށް، ލަވަ ޖަހަމުން ދިޔަ ވީޑިއޯތައް، ސޯޝަލް މީޑީއާގައި ޢާއްމު ވުމާ ގުޅޭ ގޮތުން ރައްޔިތުންގެ އިއްތިޙާދުން ފުލުހަށް މައްސަލަ ހުށައަޅައިފިއެވެ.
بسم الله الرحمن الرحيم
މއ. ބާބުލްޢަވާލީ
ޗާންދަނީމަގު، މާލެ
މޯލްޑިވްސް ޕޮލިސް ކޮމިޝަނަރަށް،
السلام عليكم ورحمة الله وبركاته،
ހުޅުމާލެ ، ސެންޓްރަލް ޕާރކުގައި، 3 ޑިސެމްބަރ 2021 ވީ ހުކުރު ދުވަހުގެ ހަވީރު 4-6 އަކަށް ، ކްލިކް ކޮލެޖްސް ސަޕޯރޓް އެންޑް އެކްސަސައިޒް ދަރިވަރުންގެ ފަރާތުން ކުރިއަށް ގެންދިޔަ ކިޑްސް ސްޕޯޓްސް ފެސްޓިވަލްގައި ނަޞާރާ ދީން ޕްރޮމޯޓުކޮށް، "ވީ ބިލީވް އިން ޖީސަސް، ވީ ބިލީވް އިން ހޯލީ ސްޕިރިޓް" ކިޔައި ލަވަ ޖަހަމުން ދިޔަ ވީޑިއޯތައް، ސޯޝަލް މީޑީއާގައި ޢާއްމު ވުމާ ގުޅޭ ގޮތުން ދަންނަވަމެވެ.
މިހުރިހާ ކަމަކީ ވެސް، ޤާނޫނު ނަންބަރު 94/6 (ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރާ ޤާނޫނު)ގެ ދަށުން އެ ޤާނޫނު ތަންފީޒު ކުރުމަށް ހަދާފައިވާ ޤަވާޢިދު ނަންބަރު 2011/R-40 (ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤަވާޢިދު)ގެ 4 ނަންބަރު މާއްދާގައި، ދީނީ ތަޤްރީރު ކުރުމާއި ދީނީ ވާހަކަ ދެއްކުމުގައި އިސްލާމީ ވަޙްދަތު ދެމެހެއްޓުމުގެ ނުޤުތާ (ދިވެއްސަކު ކަމުގައި ވިއަސް، ދީން ބަޔާންކޮށްދީ ހަދަންވާނީ އިސްލާމީ ޢަޤީދާއާ ފުށުނާރާ ގޮތަށް އިސްލާމީ ޥަޙްދަތު ދެމެހެއްޓުމާއި އެކުގައެވެ) އާ ޚީލާފު ބޮޑު ކުށެއް ކަމުގައި ވާތީ، ކްލިކް ކޮލެޖްގެ މި ޙަރަކާތުގެ މައްސަލަ ބައްލަވައި ދެއްވައި އެކަމުގައި ޤާނޫނީ ގޮތުން ޒިންމާވާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އެޅުމަށްޓަކައި އެފަރާތްތަކުގެ މައްޗަށް ދަޢުވާ އުފުއްލެވުމުގެ އެންމެހާ ކަންކަން ނިންމަވައި ދެއްވުން އެދި ދެންނެވީމެވެ.
އިޙްތިރާމް ޤަބޫލު ކުރެއްވުން އެދެމެވެ.
4 ޑިސެމްބަރ 2021