އާސިޔާ ރަޟިޔަﷲ ޢަންހާ ވައަރްޟާހާ، ފިރްޢައުނުގެ އަނބިކަނބަލުން އާސިޔާ!
"أنا رَبُّكُمُ ألْأَعْلَى " އޭކިޔާ ދަޢުވާކުރި އެންމެނުބައި އެންމެބޮޑު ކާފަރުކަލޭގެ އޭނާގެ ގޭގައި އީމާންވީ ކަނބަލެއް. ޖިސްމާނީ ގޮތުން ނިކަމެތި ޟަޢީފު އަންހެނެއް، އެކަމަކު މާތް ﷲ އަށް އީމާންވުމުގައި އެކަލާނގެއާއި މެދު ޔަޤީންކަން އޮވޭ އެކަލާނގެޔަށް ބަރޯސާކުރުމުގައި އެކަލާނގެ ދީނުގާ ހިފެހެއްޓުމުގައި ހިތްވަރު ގަދަ ބޭކަނބަލެއް.
އެކަމަނާ އީމާންވީ ކަމުގެ ޚަބަރު ލިބުމުން ފިރްޢައުނު ރުޅިއައިސް ރަތްވެގެންއައިސް އެކަމަނާޔަށް އަމުރުކުރަނީ އިސްލާމްދީން ދޫކުރުމަށް، މޫސާ ޢަލައިހިއްސަލާމަށް ކާފަރުވުމަށް، އެހިނދު އެކަމަނާ އިންކާރުކުރި ކިހިނެއް ވާނެކަމެއްތޯ؟ ﷲ އަށް އީމާންވުމަށްފަހުގައި އެކަލާނގެ އެއްކައުވަންތަކަން އެނގި ޔަޤީންވުމަށްފަހުގާ އެކަލާނގެ މަތިވެރިކަމާ އެކަލާނގެ ގަދަކީރިތިވަންތަކަން އެނގުމަށްފަހުގައި އެއްވެސް އާދަމުގެ ދަރިޔަކު އެކަލާނގެއަކަށް ކާފަރެއްނުވާނެ.
އިސްލާމްދީނަކީ ކޯޗެއްކަން އެނގޭމީހަކު އެދީނުގެ މީރުރަހަ އެމީހެއްގެ އަރުތެރޭގައި ލައިފި މީހަކު ދުވަހަކުވެސް އެދީނަކަށް ކާފަރެއްނުވާނެ. ލޮބުވެތި އުޚްތުންނޭ! އަޅުގަނޑުމެންގެ ތެރެއިން އިސްލާމުން އިސްލާމުންގެ ދަރިން ބައިވަރު އަންހެން އުޚްތުން ދީނާ ދުރުވަމުންގޮސް މިދީނުން މުރުތައްދުވެގެން އެދަނީ ކީއްވެގެންތޯ؟ އެއީ އެބައިމީހުންނަށް އިސްލާމްދީން ނޭނގޭތީ، އެބައިމީހުންނަށް މިދީނުގެ ފުރިހަމަކަން ނޭނގޭތީ، އެބައިމީހުންނަށް ﷲ އެއްކައުވަންތަކޮށް އެކަލާނގެއަށް އަޅުކަންކުރުމުގެ ނިޢްމަތް ޙާޞިލު އެމީހުން ނުކުރީތީވެ. މިޤައުމުގެ އަޅުގަނޑުމެންގެ މައިންނާއި ، އަޅުގަނޑުމެންގެ ކޮއްކޮމެންނާއި، ދައްތަމެންނާއި، އަޅުގަނޑުމެންގެ ހަމަ ތިމާގެމީހުން. އެހެންނަމަވެސް ބުޑިސްޓަކާއި، ނުވަތަ ހިންދޫއަކާއި، ނުވަތަ ކްރިސްޓިއަނަކާއި، އިނދެގެން އަމިއްލަދީން ދޫކޮށްލާ ހަދާ ބައިވަރުމީހުން، އެއީ ބޯގޯސްމީހުން އެއީ އިސްލާމްދީނުގެ އެއްވެސް ޙަޤީޤަތެއް ނުދަންނަ މީހުން.
ބައްލަވާ ޢާސިޔާ ރަޟިޔަﷲ ޢަންހާ ވައަރްޟާހާ، ފިރްޢައުނުގެ އަނިޔާވެރިކަމުގެ ކުރިމަތީގައި އެކަމަނާގެ ޖަވާބަކީ ކޮބާ؟ ތިކަމެއް ނުވާނޭ " الله أكبر" ފިރްޢައުނު ރުޅިއަރައިގަނެގެންގޮސް އެކަމަނާ ރަތް އަވީގާ އުޑުތިލައިން ބާއްވާ ހަތަރެސްފަޔަށް ކަޑަޖަހާ ބަނުމަށްފަހުގައި އެކަމަނާއަށް ކެއުމާއި ބުއިން މަނާކޮށް އެކަމަނާގެގައިގާ ތަޅާ އަނިޔާކުރި، އެކަމަކު އެކަމަނާގެ ދުލުން ﷲ ގެ އެއްކައުވަންތަކަން ނޫން އެހެން އެހެން އެއްވެސް ބަހެއް ބޭރުނުކުރި. އެކަމަނާއަށް ޢަޛާބު ދައްކާނޭ މީހަކު ކަނޑައެޅި އެހެންނަމަވެސް އެންމެފަހުން އެކަމަނާ ދެންނެވީ ކީކޭތޯ؟ އެކަމަނާ ރުޖޫޢަވީ ކާކަށްތޯ؟ ކޮންފަރާތަކަށްތޯ؟ " الله أكبر" ލޮބުވެތި އުޚްތުންނޭ! އެކަމަނާ ދެންނެވީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އެއްވެސް ބައިވެރިޔަކު ނެތި މެދުވެރިޔަކު ނެތި އެކަމަނާ ދެންނެވީ ﷲ އަށް " رَبِّ ٱبْنِ لِى عِندَكَ بَيْتًا فِى ٱلْجَنَّة " ހައްދަވާ ބޮޑުކުރެއްވި އިލާހޭ މިއަޅާ އިބަރަސްކަލާނގެއަށް އީމާންވެ އިބަރަސްކަލާނގެ ޙަޟްރަތަށްދާން ބޭނުންވެއެވެ. އިބަރަސްކަލާނގެ ޙަޟްރަތުގާ އިބަރަސްކަލާނގެ އަވަށްޓެރިކަމުގާ މިއަޅާއަށް ގަނޑުވަރެއް ބިނާކޮށްދެއްވާނދޭވެ! " الله أكبر"
އަލްއިމާމް ޠަބަރީ ރަޙިމަހުﷲ ރިވާކުރައްވަނީ "الله سُبحَانَه وَتَعَالى" އެކަމަނާގެ ދުޢާ އިޖާބަކުރައްވާ އެކަމަނާއަށްޓަކައި އުފައްދަވާފައިވާ ގަނޑުވަރު އެކަމަނާޔަށް ދެއްކެވި، އެކަމަނާ އަށް ޢަޛާބު ދެމުން ދަނިކޮށް އެކަމަނާޔަށް އިންތިހާޔަށް ވަރުގަދަ ވޭނާއި، ޢަޛާބު ދެއްކެމުންދިޔަ ވަޤުތުގައި އެކަމަނާ ޔަށް މާތްﷲ އެކަމަނާގެ ގަނޑުވަރު ކަޝްފުކުރައްވާ ދެއްކެވި. އެހިނދުގައި އެކަމަނާ ހިނިވަރްނަ ކުރެއްވި، ހިނިތުންވެވަޑައިގެންނެވީ ހޭންފެއްޓެވީ "الله أكْبَر" ފިރްޢައުނު ރުޅިއައިސްގެންބުނީ މީ މަޖްނޫނެކޭ، މީމޮޔައެކޭ މީނަޔަށް ޢަޛާބުދޭވަރަކަށް މީނާ ހިންޏޭ އަންނަނީ އެކަލޭގެޔަށް ކިހިނެއްތޯ އެނގެނީ އޭނާ ހިނިއަންނަނީ ކީއްވެގެން ކަމެއް. އެކަމަނާ ﷲ ގެ ޙަޟްރަތަށް ދިޔުމަށް އަވަސްވެވަޑައިގެންނެވި އެންމެފަހުން ބޮޑުހިލައެއް މަތިންވައްޓާ އެކަމަނާ ޝަހީދުކޮށްލުމަށް އަމުރުކުރި އެކަން އޭނާކުރި އެހެންނަމަވެސް އެހިލަވެއްޓި އެކަމަނާގެ ގައިގާ ޖެހުމުގެ ކުރީގާ ﷲ ތަބާރަކަވަތަޢާލާ އެކަމަނާގެ ފުރާނަ އެކަލާނގެ ޙަޟްރަތަށް ގެންދެވި " الله أكْبَر"
"الله سُبحَانَه وَتَعَالى" އަށް ކިޔަމަންގަންނަ އެކަލާނގެއަށް އީމާންވެގެން ތިއްބެވި ތަޤްވާވެރި ޞާލިޙުންނާ މެދުގާ އެކަލާނގެ ކަންތައް ކުރައްވަނީ މިފަދައިން، އެކަމަނާއަކީ މުއްމިނުން ނަށްޓަކައި މިސާލަކަށް ވެގެން ދިޔައީ "وَضَرَبَ ٱللَّهُ مَثَلًا لِّلَّذِينَ ءَامَنُواْ ٱمْرَأَتَ فِرْعَوْن، قَالَتْ رَبِّ ٱبْنِ لِى عِندَكَ بَيْتًا فِى ٱلْجَنَّة، وَنَجِّنِى مِن فِرْعَوْنَ وَعَمَلِهِۦ وَنَجِّنِى مِنَ ٱلْقَوْمِ ٱلظَّٰلِمِينَ" ތިމަން ﷲ މިސާލު ޖައްސަވަނީ މުއްމިނުންނަށްޓަކައި ކާކުގެ މިސާލެއްތޯ؟ ފިރްޢައުނުގެ އަނބިކަނބަލުންގެ މިސާލު: އާސިޔާ ރަޟިޔަﷲ ޢަންހާ، އެކަމަނާ އެކަމަނާޔަށް ޙާލުޖެހުނު ވަޤުތުގާ ﷲ ތަބާރަކަ ވަތަޢާލާޔަށް ދަންނަވަނީ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އިބަރަސްކަލާނގެ ޙަޟްރަތަށް މިއަޅާ ގެންދަވާނދޭވެ! އިބަރަސްކަލާނގެ ސުވަރުގޭގާ މިއަޅާއަށް ގަނޑުވަރެއް ބިނާކޮށްދެއްވާނދޭވެ!
- ޝައިޚް އާދަމް ޝަމީމްގެ ދަރުސަކުން
(ޖައްބާރު ފިރުއަޢުނު އާސިޔަތުގެފާނު ޝަހީދުކޮށްލަން މަތިން ބޮޑު ހިލައެއް ވައްޓައި ޗިސްކޮށްލުމުން އެކަމަނާއަށް އެނގުމެއްނުވީ އެއިރު ﷲ ތަޢާލާގެ ރަޙްމާންވަންތަކަމުން އެކަމަނާގެ ފުރާނަ ގެންދަވާފައިވާތީއެވެ.)