އަނބިދަރިންނާ ގުޅުން ނުބާއްވާ މީހަކަށް ކާމިޔާބު މީހަކަށް ނުވެވޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
އަނބިދަރިންނާ ގުޅުން ނުބާއްވާ މީހަކަށް ކާމިޔާބު މީހަކަށް ނުވެވޭނެ!: މުފްތީ މެންކް

އަހަރެމެން ކޮންމެ މީހަކު ވެސް އެންމެ ބޮޑަށް އެދޭނެ ކަމަކީ އެމީހަކީ ކާމިޔާބު މީހަކަށްވުމެވެ. ދުނިޔެ ވެސް އާޚިރަތްވެސް ކާމިޔާބުކުރާ މީހަކަށްވުމެވެ. އެހެންކަމަށްވާއިރު އެކުއެކުގައި ސަމާލުކަންދޭންޖެހޭނެ ދެ ކަމެއް ވެއެވެ. 

ފުރަތަމަ ކަމަކީ އެމީހަކާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮންނަން ޖެހޭ ގުޅުމެވެ. އެގުޅުން އުފެއްދިގެން ނޫނީ ކާމިޔާބު މީހަކަށް ނުވެވޭނެއެވެ. ދެވަނަ ކަމަކީ އެމީހާއާއި މީސްތަކުންނާއި އޮންނަންޖެހޭ ގުޅުމެވެ. މި ދެ ގުޅުން އެކުއެކުގައި އުފެއްދިގެން ނޫނީ ކާމިޔާބު މީހަކަށް ނުވެވޭނެއެވެ. 

ބައެއް މީހުންނަށް އެކަން ވަނީ ވަރަށް ބޮޑަށް އޮޅިފައެވެ. އެމީހުން ހީކުރަނީ އެމީހުން އަޅުކަންކުރުން ގިނަކުރުމުން ފުދޭނެ ކަމަށެވެ. އެހެންވެ އެމީހުން އަޅުކަންކުރުން ގިނަކުރެއެވެ. ނަމަވެސް މީސްތަކުންނާއި ބާއްވަންޖެހޭ ގުޅުން ރަނގަޅެއް ނުކުރެއެވެ. މީސްތަކުންނަށް ހެޔޮކޮށްހިތުމަށް އިހްމާލްވެއެވެ. 

މީސްތަކުންނަށް، ޚާއްޞަކޮށް އެމީހެއްގެ ޢާއިލާއަށް ހެޔޮކޮށް ނުހިތާ މީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުމެއް ނުލިބޭނެއެވެ. ވީމާ ފިރިންނާއި އަނބިދަރިންނަށާއި ރަހިމުގެ ގުޅުން ބާއްވަންޖެހޭ މީހުންނާއި ގުޅުން ބޭއްވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ތިބާކުރާ ޢަމަލުތައް ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާނީ އެއިރުންނެވެ ވީމާ ކާމިޔާބު މީހަކަށްވާން ބޭނުންނަމަ، ﷲ ތަޢާލާ އާއި އޮންނަންޖެހޭ ގުޅުމާއި މިބަޔާންކުރިމަގުން މީސްތަކުންނާއި ބާއްވަންޖެހޭ ގުޅުން ދަމަހައްޓަންވާނެއެވެ. ކާމިޔާބު މީހަކަށްވެވޭނީ އެގުޅުންތައް ބަދަހިކުރިވަރަކުންނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން