މިއީ ލޮބުވެތިކަނބަލުން ގިނަގިނައިން ކުރަންވީ ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
މިއީ ލޮބުވެތިކަނބަލުން ގިނަގިނައިން ކުރަންވީ ދުޢާއެއް!

(اللهُمَّ إِنِّي أَسْأَلُكَ الْهُدَى وَالتُّقَى، وَالْعَفَافَ وَالْغِنَى) 

[أخرجه مسلم 472 – (2721)]

މާނައީ: " އޭ ﷲ! މިއަޅާއަށް ހިދާޔަތާއި، ތަޤްވާވެރިކަން ދެއްވާނދޭވެ. އަދި ޢިއްފަތްތެރިކަމާއި ފުދުންތެރިކަން ދެއްވާނދޭވެ."

މިފަދަ ވާހަކަތައް ދައްކަން ބައެއް ޢިލްމުވެރިން ލަދުވެތިވެލައްވައެވެ. ނަމަވެސް ނުދައްކައި ވާކަށް ނެތެވެ. އަހަރެމެންގެ ލޮބުވެތި އުޚުތުން ނަކައިގެ އަލިފާނުން ސަލާމަތްކުރެވޭތޯ މަސައްކަތްކުރަން އެބަޖެހެއެވެ. 

މިދުޢާގައި ހިމެނޭ ކަންކަން އަހުރެން ތަރުތީބުކުރަން ބޭނުންވަނީ މިގޮތަށެވެ. ފުރަތަމަ ހިދާޔަތާއި ތަޤްވާވެރިކަމެވެ. ދެން ދައްކަންބޭނުމީ ފުދުންތެރިކަމުގެ ވާހަކައެވެ. ޢިއްފަތްތެރިކަން ގެންނަން ބޭނުންވަނީ އެއިގެ ފަހަތުންނެވެ. 

މިގޮތަށް ތަރުތީބު މިކުރީ ހުރިހާ މައްސަލަތަކެއްގެ އަޞްލަކީވެސް ހިދާޔަތު ނުލިބި ތަޤްވާވެރިކަންވެސް ނުލިބުން ކަމުގައިވާތީއެވެ. އަދި ކިރިޔާ ކަމަކަށް ދަތިވެލާއިރަށް ފައިސާ ޖަހާމެޝިނެއްގެ ގޮތުގައި ޢިއްފަތްތެރިކަން ޤުރްބާންކުރެވޭލެއް ގިނަކަމުންނެވެ. 

ލޮބުވެތިކަނބަލުންނޭވެ! ނުކައިހުރުމަކުން ފާފަވެރިއެއް ނުވާނެއެވެ. ބޭނުންވާ ކަންކަން ނުފުދި ހުރިނަމަވެސް ފާފަވެރިއެއް ނުވާނެއެވެ. ނަމަވެސް ޢިއްފަތްތެރިކަން ޤުރްބާންކުރެވިއްޖެނަމަ ބާރުސްޕީޑުގައި އެދެވެނީ ނަރަކައާއި ދިމާއަށެވެ. ލިބޭނެ އެންމެ ބޮޑު ހިތާމައަކީ ނަރަކައަށް ވަންނަން ޖެހުމެވެ. ކޮންމެ ފަދަ ނިކަމެތި ޙާލެއްގައި އުޅެންޖެހުނުނަމަވެސް ނަފްސް ނަރަކައިން ސަލާމަތްކުރުމަށްވުރެ މުހިންމު އެއްވެސް ކަމެއް ނެތެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން