އަހަރެމެންގެ ލޯތަކަށް ޖިންނި ނުފެނުނު ނަމަވެސް ޖިންނިއަށް އަހަރެމެން ފެނެއެވެ. އަދި ސިފަ ބަދަލުކުރުމުގެ ބާރު އެތަކެއްޗަށް ދެއްވަވާފައިވާތީ އިންސާނުންގެ ހަށިގަނޑުގެ ތެރެއަށް ވަދެގެންދެއެވެ. މިއީ އެއްވެސް ޝައްކެއް ނެތް ކަމެކެވެ.
ޖިންނިއެއް ތިބާގެ ހަށިގަނޑުގައިވާނަމަ މެދުވެރިވާނީ މިވެނިކަމެއްކަމަށް ބުނުމަކީ ފަސޭހަކަމެއް ނޫނެވެ. އެއީ އެކިމީހުންނަށް އެކިކަންކަން މެދުވެރިވާތީއެވެ. މިގޮތުން ފާހަގަކުރެވޭ ބައެއް ކަންކަމަކީ: ބަނޑު ފުފުން، ބަނޑު ނުވަތަ އެހެންވެސް ބައެއް ގުނަވަން އާދައާއި ޚިލާފަށް ތޮޅުން، އަދި ޢާންމުކޮށް ނުއިވޭ ޒާތުގެ އަޑުތައް ހަށިގަނޑުން އިވޭކަމަށް އިޙްޞާޞްވުން ފަދަ ކަންކަމެވެ. މިނޫންވެސް ކަންކަން މެދުވެރިވެދާނެއެވެ.
މިފަދަ ކަމެއްގައި ޝައްކުކުރެވިއްޖެނަމަ އަޅާނުލައި ނުހުންނާށެވެ! ރުޤްޔާކުރާ މީހެއްގެ އެހީތެރިކަން ހޯދާށެވެ. ޖިންނި ފޮނިކާއެއްޗެއްސަށް ބިރުގަންނަކަމަށްވެއެވެ. ވީމާ ފޮނިތަކެތި ކެއުން ގިނަކުރާށެވެ. އަދި ޟުޙާ ނަމާދުކުރުމުގައި ދެމިހުންނާށެވެ!
- މޫސާ އަލް ހިޒްރީ