އެމެރިކާގައި ކުރި ދިރާސާތަކަކަށްފަހު ނެރެފައިވާ ރިޕޯޓުގައި ބުނެފައިވަނީ ފާއިއތުވި 20 އަހަރުގެ ދިރާސާތަކުންވެސް އެނގުނީ ދަރިންގެ އަޚްލާޤް ނުބައިވަމުންދަނީ ކުދިންނަށް އޯގާތެރިނުވުމާއި ނުބަސްބުނުމާއި ރުޅި އިސްކޮށް ކަންކަން ކުރެވޭތީކަމެވެ. އަދި މިކަންކަމަށް ސަމާލުކަން ދިނުމުގައި ވަރަށް ގިނަ ބެލެނިވެރިންވަނީ ފޭލްވެފައި ކަމަށެވެ.
ރިޕޯޓުގައި ބުނެފައިވަނީ ކުދިންނާއި އަޅާލަންޖެހޭވަރަށް ބެލެނިވެރިން އަޅާ ނުލުމަކީވެސް ކުދިންގެ އަޚްލާޤަށް ނުބައި އަސަރުތައްކުރަމުން އަންނަ ކަމެއް ކަމަށެވެ.
މިކަންކަމަށް ބަލައިފިނަމަ އެނގިގެންދަނީ ކުދިންގެ އަޚްލާޤް ނުބައިވަމުން އަންނަނީ އިސްލާމް ދީނުގައި ކުދިން ތަރުބިއްޔަތުކުރަން އޮތްމަގުން ތަރުބިއްޔަތު ނުކުރެވޭތީކަމެވެ. ކުދިންނަށް އޯގާތެރިނުވުމާއި ނުބަސްބުނުމާއި ރުޅި އިސްކޮށް ކަންކަން ކުރުމަކީ އިސްލާމް ދީނުގައި މަނާވެގެންވާ ކަންކަމެވެ. އަދި ދަރިން ލިބުމުން ދަރިންނާއި އަޅާލައި ރަނގަލު ގޮތުގައި ތަރުބިއްޔަތުކުރުމަށް އިސްލާމް ދީނުގައި ލާޒިމްކުރެއެވެ.