މީހަކު އުޅުނެވެ. އޭނާއަކީ ވަރަށް މަދުން ނޫނީ ހެޔޮ ޢަމަލެއް ކުރިމީހެއް ނޫނެވެ. ނަމަވެސް އޭނާ އެއްކަމެއް ކުރެއެވެ.
އޭނާއަކީ މީސްތަކުންނަށް ދަރަންޏަސް ފައިސާދޭ މީހެކެވެ. ލިބެން އޮންނަ މުއްދަތު ހަވުމުން މީހުންގެ އަތުން ފައިސާހޯދަން މީހަކު ފޮނުވައެވެ. އަދި އެގޮތުން ފޮނުވާ މީހާ ގާތުގައި ބުނެއެވެ. "އެއްވެސް މީހަކަށް ދަރަނި އަދާކުރަން އުނދަގޫވެއްޖެނަމަ އޭނާއަށް މާފުކުރާށެވެ! ﷲ ތަޢާލާ އަހަރެމެންނަށް މާފުކުރައްވަވައިފާނެތެވެ! (އިން ޝާ ﷲ)
އޭނާ މަރުވުމުން މަލާއިކަތުން އޭނާއާއި ސުވާލުކުރެއްވެވިއެވެ. އޭނާކުރީ ކޮން ހެޔޮކަމެއްތޯއެވެ؟ ޖަވާބުގައި އޭނާ ދެންނެވީ އޭނާއަށް ހެޔޮކަމެއް ނުކުރެވޭ ކަމަށެވެ. ނަމަވެސް ދަރަނިއަދާކުރަންޖެހޭ މީހުންނާއިމެދު އޭނާ ކަންތައްކުރިގޮތް ދެންނެވިއެވެ. ﷲ ތަޢާލާ ވަޙީކުރެއްވެވިއެވެ. "ތިމަން ﷲ ތިބާއަށް ޢަފޫކުރައްވަވައިފީމެވެ." (ﷲ ތަޢާލާ މަލާއިކަތުންނަށް އެންގެވީ އޭނާއަށް ކުރެވިފައިވާ ކުށްތަކަށް/ފާފަތަކަށް ނުބެއްލެވުމަށެވެ.)
Abu Huraira reported: The Messenger of Allah, peace and blessings be upon him, said,
“A man would give loans to the people and he would say to his servant: If the debtor is in hardship you should forgive the debt that perhaps Allah will relieve us. So when he met Allah, then Allah relieved him.”
Source: Ṣaḥīḥ al-Bukhārī 3293, Ṣaḥīḥ Muslim 1562
- ޝައިޚް މާޖިދް މަޙްމޫދުގެ ދަރުސަކުން