ވަރިކުރުމުގެ ޤަޞްދު ނެތި ކަންކަމާއި ވަރިއާއި ނާޅުވާށެވެ! އެއީ އަނބިމީހާ އާއި ވަރިޙަވާލުކުރުން ފަދަ ކަމެކެވެ. ވަކިކަމަކާއި އަޅުވައި އަނބިމީހާ އާއި ވަރިޙަވާލުކުރުމަށްފަހު އެބަސް އަނބުރައި ނުގެންނަހައި ހިނދަކު އެބާރު އެވަނީ ފިރިމީހާއަށް ގެއްލިފައެވެ.
"ވަކިމީހަކަށް މެސެޖްކޮށްފިއްޔާ ވަރިވާނެކަމަށް ބުނެފައިވަނިކޮށް އެމީހަކަށް މެސެޖްކޮށްފިނަމަ ވަރިވާނެއެވެ." ޑރ. އިޔާޟް
މިޙާލަތަށް ބަލައިފިނަމަ އެމީހަކަށް މެސެޖްކޮށްގެން ވަރިވުމުގެ އިޚްތިޔާރު އަނބިމީހާއަށް ދެވެނީއެވެ. އެއީ ޢަމަލުކުރަން ރަނގަޅުގޮތެއް ނޫނެވެ. ވަރިކުރުން ބާއްވަންޖެހޭނީ އެކުގައި ދިރިއުޅެވޭނެ އެއްވެސް މަގެއް ނުފެނުމުން ދެން ކުރާ (އެންމެފަހު) ކަންތަކުގެ ގޮތުގައެވެ.