1 "3 ފަށްވެފަ ތިބޭ އަންހެނުންނާއި ކައިވެނިކުރުމުން ފާފަވެރިވާނެތޯ؟"
"3 ފަށްވެފައި އިން އަންހެނަކާއިއެކު ދިރިއުޅުމުގެ ނިޔަތުގައި (ފައްކަނޑާކަށް ނޫން) ކައިވެނިކުރުން ވާނީ ކުރެވޭ ހެޔޮ ކަމަކަށެވެ. އެކަމަށް އޮތީ ހިތްވަރުދިނުމެވެ. އެހެނީ އޭނާ އެހުރީ ވަރަށް ބޮޑު މާޔޫސްކަމެއްގައެވެ. ކުރީގެ ފިރިމީހާ އާއިއެކު ދިރިއުޅެން ކުރި މަސައްކަތް ފޭލްވުމުން އިންތިހާއަށް ކަންބޮޑުވެފައެވެ. ގިނަ ފަހަރަށް ބޮޑު ނިކަމެތިކަމެއްގައެވެ.
އެފަދަ ޙާލަތުގައި އިންނަ އަންހެނަކާއި ކައިވެނިކޮށްގެން އުފާވެރި ދިރިއުޅުމެއް ހޯދުމުގެ ބޭނުމުގައި މަސައްކަތްކުރުން އެއީ މުޖުތަމައުގެ ކަންކަން އިޞްލާޙްކުރަން ކުރެވޭ މަސައްކަތަކަށްވެސް ވާނެއެވެ. އެހެނީ އަންހެނަކު އެކަނި އިންނަން ޖެހުމަކީ އިޖުތިމާޢީ ގިނަ މައްސަލަތަކެއް ކުރިމަތިވާން ދިމާވާ ސަބަބަކަށްވާތީއެވެ.
2 "ޒިނޭއަކީ ހަމައެކަނި ޖިމާޢުވުންތޯ؟"
ޒިނޭކުރިކަމަށްވާނީ ޖިމާޢުވުމުންނެވެ. ޒިނޭގެ ޙައްދާއި ފާޙިޝް އެހެން ޢަމަލުތަކުގެ ޙައްދު ތަފާތުވެގެންވެއެވެ. އެކި އަމަލުތައް އޮތީ އެކިޙައްދެވެ. އެކި ޢަދަދުތަކުން ތަޢްޒީރުކުރުމެވެ.
- ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު
"ފާހިޝް ޢަމަލަކަށް އަރައިނުގަންނަނަމަ ފާފަވެރިނުވާނެއެވެ. އަދި ޒިނޭއަށް މަގުފަހިކޮށްދޭ ކޮންމެ ކަމަކީ ޙަރާމް ކަމެކެވެ."
ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ސުވާލު ފޮނުއްވި މިއަދުނޫހުގެ ކިޔުންތެރިޔާއަށް މިވަރުން ނުފުދޭނަމަ ތަފްޞީލް ބޭނުންވާ ކަންކަން އިތުރަށް އަންގަވާލަދެއްވަނިކޮށް ސާފުކޮށްދޭން މަސައްކަތްކުރާނެމެވެ. އިން ޝާ ﷲ