ކިތަންމެ ބޮޑު ޢިލްމުވެރިއަކާނަމަވެސް ހިލޭ އަންހެނަކު އެކަހެރިކޮށް ބައްދަލުކުރުން ހުއްދައެއް ނޫން! ޝައިޠޯނާ ގާތުގައި ހުންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ކިތަންމެ ބޮޑު ޢިލްމުވެރިއަކާނަމަވެސް ހިލޭ އަންހެނަކު އެކަހެރިކޮށް ބައްދަލުކުރުން ހުއްދައެއް ނޫން! ޝައިޠޯނާ ގާތުގައި ހުންނާނެ!

ކިތަންމެ ބޮޑު ޢިލްމުވެރިއަކާއި ނަމަވެސް ހިލޭ އަންހެނަކު އެކަހެރިކޮށް ބައްދަލުކުރުން ހުއްދައެއް ނޫން! އެތަނުގައި 3 ވަނަ ފަރާތެއްގެ ގޮތުން ޝައިޠޯނާ ގާތުގައި ހުންނާނެއެވެ. 

މިތަނުގައި ޢިލްމުވެރިން މާނަމިކުރަނީ ޢިލްމުވެރިންނަކީ މީސްތަކުންގެ ތެރެއިން އެންމެ މާތް މީހުން ކަމުގައިވާތީއެވެ. ﷲ ތަޢާލާއަށް އެންމެ ބޮޑަށް ބިރުވެތިވާނެ ބައަކު ކަމުގައިވާތީއެވެ. 

ހަދީޘްފުޅުގައި އޮތީ އެއީ ކޮންމެ ބައަކު ނަމަވެސް ހިލޭ އަންހެނަކާއި ފިރިހެނަކު އެކަހެރިކޮށް ބައްދަލުކުރާނަމަ 3 ވަނަ ފަރާތެއްގެ ގޮތުން އެތަނުގައި ޝައިޠޯނާ ނުހުރެ ނުދާނެ ކަމަށެވެ. ވީމާ އެކަމުގައި އަންހެނަކުވެގެން ނުވަތަ ފިރިހެނަކުވެގެން އެއްވެސް އިސްތިސްނާއެއް ނެތެވެ. 

ޝައިޠޯނާ އޭތީގެ އުކުޅުތައް ބޭނުންކުރާނެއެވެ. ކޮންމެވެސް ގޮތަކުން ދެމީހުން މަޅީގައި ޖައްސުވާނެއެވެ. އެހެން މީހުންނަށް ނުފެންނަ ތަނެއްގައި އެކަހެރިކުރުވާނެއެވެ. ޝައިޠޯނާ ގެންދާނީ އޭތީގެ ކޮޅު ގަދަކުރަން މަސައްކަތްކުރަމުންނެވެ. 

ޔަޤީންކުރަންވީ ކަމަކީ ﷲ ތަޢާލާއަށް ވަންހަނާވެވިގެން އެއްވެސް ބައްދަލުވުމެއް ނުބޭއްވޭނެ ކަމެވެ. ފާހިޝް ޢަމަލުތައް ގިނަވެއްޖެނަމަ ތަފާތު ބަލިތައް ޢާންމުވެގެންދާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. މިއަދު މިފެންނަނީ އެކަމުގެ އަސަރުތަކެވެ. 

- ޝައިޚް މަޖީދު މަޙްމޫދުގެ ދަރުސަކުން

މިއަދު އޮންލައިން