ޤައުމަށް މިއަދު ކަރުނައަޅަން ޖެހިފަ މިވަނީ ޤުރްއާނުގައިވާ މިޙަޤީޤަތްތައް އޮޅުވާލުމުން- ބެލެންސް ގެއްލުވާލީތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
ޤައުމަށް މިއަދު ކަރުނައަޅަން ޖެހިފަ މިވަނީ ޤުރްއާނުގައިވާ މިޙަޤީޤަތްތައް އޮޅުވާލުމުން- ބެލެންސް ގެއްލުވާލީތީ!

"އިސްލާމްދީނަށް ގޮވާލުމުގައި ސުވަރުގޭގެ މަތިވެރި ވާހަކަތަކާއި ނަރަކައިގެ ބިރުވެރި ވާހަކަތައް ބަޔާންކޮށްދޭން ޖެހޭ! މިއީ ޤުރްއާނުގެ މަންހަޖް! ހަމައެކަނި ހުސް ސުވަރުގޭގެ ވާހަކަތައް ދައްކައި، ނަރަކައިގެ މަތިން މީހުން ޣާފިލް ވުމަކީ ޞައްޙަ މަގެއް ނޫން! 2 ބައިވެސް އަންނަންޖެހޭ!" 

- ޝައިޚް ޢަލީ ޒައިދު 

ރައީސް މައުމޫނުގެ ވެރިކަމުގައި ނަރަކައިގެ ވާހަކައާއި ނަރަކައިގައި ދެއްވަވާ ޢަޛާބްގެ ވާހަކަތައް ނުދެއްކެވުމަށް ދީނީ ޢިލްމުވެރިންނަށް ބާރު އެޅުއްވިއެވެ. ގޮތަކަށް މަޖުބޫރުވެސް ކުރެއްވިއެވެ. ޢަމުދުން ދަރިވަރުން ގާތު އެފަދަ ވާހަކަތައް ދެއްކުމަކީ އަދަބުދޭ ކުށަކަށްވެސް ހެދިއެވެ. 

އެކަމުގެ ހިތިއަސަރު މުޖުތަމައުއަށް ފޯރާފައިވާ މިންވަރު މިއޮތީ ފެނިފައެވެ. އެއީ ދައްކަން ނުޖެހޭ ވާހަކަތަކެއްނަމަ ޤުރްއާނުގައި ބަޔާންވެގެނެއް ނުވީހެވެ. ޤުރްއާނުގައި ބަޔާބންވެގެންވާ ކޮންމެ ވާހަކައަކީވެސް ގިނަގިނައިން ދައްކަންޖެހޭ ވާހަކަތަކެއްކަމަށް ﷲ ތަޢާލާ އަށް ބިރުވެރިވާ މުސްލިމަކު ދެކޮޅެއް ނުހަދާނެއެވެ. 

"ތިމަންރަސްކަލާނގެ އެ قرآن ބާވައިލެއްވީ، حق އާ އެކުގައެވެ. އަދި އެ قرآن އައީ، حق ގޮތުގައެވެ. އަދި އުފާވެރި خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި، إنذار ކުރައްވާ ބޭކަލަކު ކަމުގައި މެނުވީ، ތިމަންރަސްކަލާނގެ ކަލޭގެފާނު ނުފޮނުއްވަމެވެ."  (އަލްއިސްރާ: 105) 

"އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި، އަދި إنذار ކުރައްވާ ބޭކަލަކު ކަމުގައިމެނުވީ، ތިމަންރަސްކަލާނގެ ކަލާގެފާނު ނުފޮނުއްވަމެވެ." (އަލްފުރްޤާން: 56) 

"އޭ ނަބިއްޔާއެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ކަލޭގެފާނު ފޮނުއްވީ ހެކިވަނިވި ބޭކަލަކު ކަމުގައްޔާއި (مؤمن ންނަށް) އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި (كافر ންނަށް) ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައެވެ." (އަލްއަހްޒާބް: 45) 

"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނު ފޮނުއްވީ ހެކިވަނިވި ބޭކަލަކު ކަމުގައްޔާއި (مؤمن ންނަށް) އުފާވެރިކަމުގެ خبر ދެއްވައި، (كافر ންނަށް) ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައެވެ." (އަލްފަތްޙް: 8) 

މި 4 އާޔަތުގެ އިތުރުންވެސް މިމާނަ ދޭހަވާ އާޔަތްތައް ޤްރްއާނުގައިވެއެވެ. އެހެންކަމުން އާޔަތްތަކުގައި ހިމެނޭ އެއްބައިގެ ވާހަކަ ދައްކާފައި އަނެއްބައިގެ ވާހަކަދެއްކުން މަނާކުރީ ކޮންގޮތަކުން ކަމެއް ނުއެނގެއެވެ. އެނގިފެންނަން އޮތީ "ބެލެންސް" ގެއްލުވާލުމުން ލިބުނު ބޮޑު ގެއްލުމެވެ.

މިއަދު އޮންލައިން