ބަންގީގެ އަޑުއިވުމުން މިފަދައިން ކިޔައިފިނަމަ ކުދިފާފަތައް ފުއްސަވައި ދެއްވަވާހުއްޓެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 53ސ
ބަންގީގެ އަޑުއިވުމުން މިފަދައިން ކިޔައިފިނަމަ ކުދިފާފަތައް ފުއްސަވައި ދެއްވަވާހުއްޓެވެ!

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«مَنْ قَالَ حِينَ يَسْمَعُ الْمُؤَذِّنَ أَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، رَضِيتُ بِاللهِ رَبًّا وَبِمُحَمَّدٍ رَسُولًا، وَبِالْإِسْلَامِ دِينًا، غُفِرَ لَهُ ذَنْبُهُ» [رواه مسلم]

މާނައީ: "ބަންގިދޭމީހާ، ބަންގިދޭ އަޑު ތިޔަބައިމީހުންނަށް އިވޭހިނދު، މިފަދައިން ކިޔަވައިފިމީހާ ދަންނައެވެ.

أَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، رَضِيتُ بِاللهِ رَبًّا وَبِمُحَمَّدٍ رَسُولًا، وَبِالْإِسْلَامِ دِينًا

(މާނައީ: ﷲ މެނުވީ ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކުނުވާކަމަށް އަޅު ހެކިވަމެވެ. އެއިލާހީ އެއްކައުވަންތަ އިލާހެވެ. އެއިލާހަށް ޝަރީކަކު ނުވެއެވެ. އަދި ހަމަކަށަވަރުން މުޙައްމަދުގެފާނީ، އެއިލާހުގެ އަޅާކަމަށާއި، އެއިލާހުގެ ރަސޫލާކަމަށް އަޅު ހެކިވަމެވެ. ﷲ އީ ރައްބުކަމަށާއި، މުޙައްމަދުގެފާނީ ރަސޫލާކަމަށާއި، އިސްލާމްދީނަކީ (އަޅަމެންގެ) ދީންކަމަށް މިއަޅާ ރުހި ޤަބޫލުކުރަމެވެ.) އެމީހެއްގެ (ކުދި) ފާފަތައް ފުއްސެވޭ ހުއްޓެވެ.

[ރިވާކުރެއްވީ އިމާމް މުސްލިމް رحمه الله]

--އައްޝައިޚް ޙުސައިން ޠޯރިޤްގެ ލިޔުއްވުމަކުން

މިއަދު އޮންލައިން