ދުޢާ އިޖާބަ ނުކުރެއްވެވި ކަމަށް ޤަބޫލުކޮށްފިނަމަ އެއީ އަމިއްލައަށް ހަލާކުގެތެރެއަށް ވެއްޓިގަތުން : މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ދުޢާ އިޖާބަ ނުކުރެއްވެވި ކަމަށް ޤަބޫލުކޮށްފިނަމަ އެއީ އަމިއްލައަށް ހަލާކުގެތެރެއަށް ވެއްޓިގަތުން : މުފްތީ މެންކް

"ތިމަންނަ މިވެނި ކަމަކަށް އެދި މިހައި ގިނަފަހަރު، މިހައި ގިނަ ދުވަހު ދުޢާކޮށްފީމޭ، އިޖާބައެއް ނުކުރެއްވެވިއޭ، ﷲ ތަޢާލާ އެވަނީ އަހަރެން ދޫކޮށްލައްވަވައިފައޭ" މިބާވަތުގެ ވަސްވާސްތައް ހިތަށް ވައްދުވަނީ ސީދާ އިބިލީހެވެ. އެ ވަސްވާސްތައް ޤަބޫލުކުރެވޭ ހިސާބުން އެމީހާގެ އީމާންކަމުން އެވަނީ ވަރަށް ބޮޑުބައެއް އުނިވެގެން ގޮސްފައެވެ. ޝައިޠާނާގެ ކޮޅު އެވަނީ ގަދަކޮށްފައެވެ.

ވީމާ ތިމާ ކުރި/ކުރާ ދުޢާ ﷲ ތަޢާލާ އިޖާބަ ނުކުރެއްވެވި ކަމަށް އެއްވެސް މީހަކު ޤަބޫލުކޮށްފިނަމަ އެމީހާގެ އީމާންކަމުން ބޮޑު ބައެއް އެވަނީ އުނިވެފައެވެ. އަދި އެމީހާ އެވަނީ ޝައިޠާނާގެ މަޅީގައި ޖެހިފައެވެ.

މިވާހަކަ ވަރަށް ގިނަ ދަރުސްތަކުގައި ބުނަމެވެ. ތަފާތު އިބާރާތުން ކިޔައިދެމެވެ. އެކަން ކުރަންޖެހެނީ ވަރަށް ހެޔޮ ލަފާ މީހުންވެސް ޝައިޠާނާގެ މިމަޅީގައި ޖެހޭލެއް ގިނަކަމުންނެވެ. އެއީ ޝައިޠާނާގެ މަޅިއެއްކަން ނުއެނގި ތިބެ އެ މަޅީގައި ޖެހެވޭ މީހުންގެ ނިސްބަތް އިތުރުވާތީއެވެ.

މުސްލިމުން އަބަދުވެސް ޤަބޫލުކުރަން ޖެހޭނީ ތިމާ ކުރި ދުޢާ އިޖާބަ ކުރައްވާފައިވާ ކަމަށެވެ. އެކަމުގެ އެންމެ ރަނގަޅު ވަގުތު ޖެހުމުން ހިންމަވައި ދެއްވަވާނެ ކަމަށެވެ. އަދި ލަސްވާނަމަ ލަސްވާ ވަރަކަށް ދުޢާކުރުން ގިނަކުރާށެވެ. އިސްތިޣްފާރުކުރުން ގިނަކުރާށެވެ. ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރާށެވެ. މުސްލިމަކު އިޚްލާޞްތެރިކަމާއިއެކު ކުރާ އެއްވެސް ދުޢާއެއް ﷲ ތަޢާލާ އިޖާބަ ނުކުރައްވަވައި ދޫކޮށެއް ނުލައްވަވާނެތެވެ.

ދުޢާ އިޖާބަ ނުކުރެއްވެވި ކަމަށް ޤަބޫލުކޮށްފިނަމަ އެއީ އަމިއްލައަށް ހަލާކުގެތެރެއަށް ވެއްޓިގަތުމެވެ. ސަބަބަކީ އެމީހަކަށް އެ ޖެހެވުނީ ޝައިޠޯނާގެ ފަޅިއަށް ކަމުގައިވާތީއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން