ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ ސަލާމަތާ ރައްކާތެރިކަމަށް މަސައްކަތްކުރައްވާށެވެ! މިދުޢާ ގިނަގިނައިން ކުރައްވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ ސަލާމަތާ ރައްކާތެރިކަމަށް މަސައްކަތްކުރައްވާށެވެ! މިދުޢާ ގިނަގިނައިން ކުރައްވާށެވެ!

ﷲ ތަޢާލލާއަށް އީމާން ނުވާ ބައަކު ނެތް ޤައުމެއް މިހާރަކު ނެތެވެ. އެމީހުންގެ ސަބަބުން ފިތުނަތައް މިދަނީ ޢާންމުވަމުންނެވެ. ﷲ ތަޢާލާގެ ކޯފާ މިދަނީ ޢާންމުވަމުންނެވެ. ވީމާ އެކަމުން ރައްކައުތެރިކަން ހޯދަން މަސައްކަތްކުރަން މިވަނީ މަޖުބޫރުވެފައެވެ.

ވީމާ ކޮންމެ ދުވަހަކުވެސް ކުރާ ދުޢާތަކުގައި މިފަދަ ދުޢާތައް ހިމަނާށެވެ! ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރަމުން ރައްކައުތެރިކަމަށް އެދޭ މީހާއަށް އެކަލާނގެ ރައްކައުތެރިކަން ދެއްވަވާނެތެވެ.

عَلَى اللَّهِ تَوَكَّلْنَا رَبَّنَا لَا تَجْعَلْنَا فِتْنَةً لِّلْقَوْمِ الظَّالِمِينَ وَنَجِّنَا بِرَحْمَتِكَ مِنَ الْقَوْمِ الْكَافِرِينَ فَقَالُوا عَلَى اللَّهِ تَوَكَّلْنَا رَبَّنَا لَا تَجْعَلْنَا فِتْنَةً لِّلْقَوْمِ الظَّالِمِينَ

"ފަހެ، އެއުރެން ދެންނެވޫއެވެ. ﷲ އަށް އަޅަމެން ވަކީލްކޮށްފީމެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަނިޔާވެރިވީ މީހުންނަށް ފިތުނައެއްކަމުގައި (އެބަހީ: އެއުރެންގެ އަނިޔާވެރިކަމުގެ ދަށުގައި) އަޅަމެން ނުލައްވާނދޭވެ!" (ޠާހާ: 85)

وَنَجِّنَا بِرَحْمَتِكَ مِنَ الْقَوْمِ الْكَافِرِينَ

 

"އަދި ކާފިރުވި މީހުންގެ ކިބައިން، އިބަރަސްކަލާނގެ ރަޙްމަތްފުޅާލައިގެން އަޅަމެން ސަލާމަތް ކުރައްވާނދޭވެ!" (ޠާހާ: 86)

 

މިއަދު އޮންލައިން