عَبْد اللَّهِ بْن عَمْرِو بْنِ الْعَاصِ އަށް رَسُول اللَّهِ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
"ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑު ނަމާދަކީ دَاوُد عَلَيْه السَّلاَم ގެ ނަމާދެވެ. އަދި ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑު ރޯދައަކީ دَاوُد عَلَيْه السَّلاَم ގެ ރޯދައެވެ. އެކަލޭގެފާނު ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައި އަވަހާރަފުޅު ލައްޕަވައެވެ. އަދި ރޭގަނޑުގެ ތިންބައިކުޅަ އެއްބައިގައި ނަމާދަށް ހުންނަވައެވެ. އަދި ހަބައިކުޅަ އެއްބައިގައި އަވަހާރަފުޅު ލައްޕަވައެވެ. އެކަލޭގެފާނު ރޯދަހިއްޕަވަނީ ދެދުވަހުން އެއްދުވަހުއެވެ."
- ޝައިޚް ޢަޒްމަތު ޖަމީލް