ވީޑިއޯ: ﷲ ގެ އަމުރުފުޅަށް ކިޔަމަންވުމަށާ ދަރިންދެކެ ލޯބިވުމަށް ކޮންމެ މަންމައަކާ ބައްޕައަކުވެސް މި ވީޑިއޯއަށް ވިސްނައިލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ވީޑިއޯ: ﷲ ގެ އަމުރުފުޅަށް ކިޔަމަންވުމަށާ ދަރިންދެކެ ލޯބިވުމަށް ކޮންމެ މަންމައަކާ ބައްޕައަކުވެސް މި ވީޑިއޯއަށް ވިސްނައިލާށެވެ!

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ. 

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސްތަކާއި، ތިޔަބައިމީހުންގެ އަހުލުވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ މަލާއިކަތުންވެއެވެ. ﷲ، އެބޭކަލުންނަށް ކުރައްވާ އަމުރަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް އަމުރުކުރައްވާ ކަންތައް އެބޭކަލުން ކުރައްވާނެތެވެ." (އައްތަޙްރީމް: 6)

އަހަރެމެންގެ ދަރިން ނަރަކައިން ސަލާމަތްކުރަން ކުރަން އޮތް ފުރަތަމަ ކަމަކީވެސް ދަރިންގެ ހިތުގައި ނަމާދުކުރުމަށް ލޯބި ޖެއްސުވުމެވެ. ނަމާދު ޤާއިމުކުރާ ބައަކު ކަމުގައި ހެދުމެވެ. އެކަންކުރެވޭނީ އެންމެ ތުއްތުއިރުންސުރެ އެކަމަށް މަސައްކަތްކޮށްގެންނެވެ. 

ލިޔުމުގައި ވީޑިއޯ ބައްލަވައިލައްވާށެވެ! ހިތްވަރުލިބިގަންނާށެވެ! ދަރިންނަށް އިނާމުދޭންވީ މޮޅަށް ބަނޑިލައްވައި ޑާންސްކުރުމަކުން ނޫނެވެ. ނަމާދުކުރުމުންނެވެ. އެ ތުއްތު ކުއްޖާއަށް ނަމާދުކުރަން ދަސްވެފައި އެހުރީ ހަމަ އޭނާގެ މައިންބަފައިން ނަމޫނާ ދެއްކުމުންނެވެ. ދަރިން ކުރިމަތީގައި ނަމާދުކުރާތީއެވެ.  

ގުޅުންހުރި ވީޑިއޯ:

މިއަދު އޮންލައިން