ﷲ ތަޢާލާ ދެއްވެވި ވަރަށްވުރެ އިތުރަށް ޙައްޤުގެ ނަމުގަ ކަންކަން ލިބިގަންނަ މީހުންނާ މުސްލިމުން ތަފާތުވާނެ!: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ﷲ ތަޢާލާ ދެއްވެވި ވަރަށްވުރެ އިތުރަށް ޙައްޤުގެ ނަމުގަ ކަންކަން ލިބިގަންނަ މީހުންނާ މުސްލިމުން ތަފާތުވާނެ!: ޝައިޚް ޢަލީ ޒައިދު

"ކަލާނގެ (ﷲ ތަޢާލާ) ދެއްވި ވަރަށްވުރެ އިތުރު ޙައްޤެއް، ޙައްޤުތަކުގެ ނަމުގައި އަޅުގަނޑުމެން މުސްލިމުން ބޭނުމެއް ނުވެއެވެ! ޙައްޤެވެ ކިޔައިގެން ދުނިޔޭގައި ލެއްވިހާ މުޑުދާރު ޢަމަލުތައް ހިންގާ މީހުން ދުނިޔޭގައި އުޅެއެވެ! އެފަދަ މީހުންނާއި މުސްލިމުން ތަފާތުވާނެ!" 

- ޝައިޚް ޢަލީ ޒައިދު 

ހަމައެކަނި އެފަދަ ޢަމަލުތައް ހިންގާ މީހުންނެއް ނޫނެވެ. އެފަދަ ހަޑިމުޑުދާރު ޢަމަލުތައް ފަތުރަން ބާރުއަޅައި ވަކާލާތުކުރާ މީހުންނަކީވެސް ހަމަ ހަޑިމުޑުދާރު ބައެކެވެ. އެފަދަ ތަކުގެ ތެރެއިންވެސް އެންމެ ނުރައްކާތެރިކަން ބޮޑު ބައަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ހަމައެކަނި ދީނަކީ އިސްލާމް ދީން ކަމުގައިވާއިރު ރާއްޖޭގައި އެހެން ދީންތައް ފަތުރަން މަސައްކަތްކުރާ މީހުންނެވެ. ﷲ ތަޢާލާ ބާވައިލެއްވެވި ޙުކުމްފުޅުތަކާއި ޙައްދުތައް ބޮލާލާ ޖަހައި ތަންފީޒުނުކުރާ ވެރިންނެވެ. 

ކީރިތި ޤުރްއާނަށް އަމަލުނުކުރުމުގެ ޙައްޤު އެއްވެސް މުސްލިމަކަށް ލިބިގެނެއް ނުވެއެވެ.

 

މިއަދު އޮންލައިން