ކުރު އެހަނަސް ސުވަރުގޭގެ 8 ދޮރުކޮޅު އެކުގަ އެމީހަކަށްޓަކާ ހުޅުވިގެންދާ ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 16ސ
ކުރު އެހަނަސް ސުވަރުގޭގެ 8 ދޮރުކޮޅު އެކުގަ އެމީހަކަށްޓަކާ ހުޅުވިގެންދާ ދުޢާއެއް!

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«مَا مِنْكُمْ مِنْ أَحَدٍ يَتَوَضَّأُ فَيُبْلِغُ – أَوْ فَيُسْبِغُ – الْوُضُوءَ ثُمَّ يَقُولُ: أَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ وَأَنَّ مُحَمَّدًا عَبْدُ اللهِ وَرَسُولُهُ إِلَّا فُتِحَتْ لَهُ أَبْوَابُ الْجَنَّةِ الثَّمَانِيَةُ يَدْخُلُ مِنْ أَيِّهَا شَاءَ» [رواه مسلم]

މާނައީ: "ތިޔަބައިމީހުންކުރެ މީހަކު ވުޟޫކުރާހިނދު، އެކަންކުރަންވީ އެންމެ ފުރިހަމަ ގޮތުގައި ވުޟޫކުރުމަށްފަހު، ދެން މިފަދައިން ކިޔައިފިމީހާ ދަންނައެވެ.

أَشْهَدُ أَنْ لَا إِلٰهَ إِلَّا اللهُ وَأَنَّ مُحَمَّدًا عَبْدُ اللهِ وَرَسُولُهُ

(މާނައީ: “ﷲ މެނުވީ ޙައްޤުވެގެން އަޅުކަމެއްވެވޭ އެހެން އިލާހަކުނުވާކަމަށް އަޅުހެކިވަމެވެ. އަދި މުޙައްމަދުގެފާނީ ﷲ ގެ އަޅާކަމަށާއި، އެއިލާހުގެ ރަސޫލާކަމަށް އަޅު ހެކިވަމެވެ.”) ފަހެ، އޭނާއަށްޓަކައި ސުވަރުގޭގެ އަށް ދޮރުކޮޅު ހުޅުވޭ ހުށްޓެވެ. އޭގެ ތެރެއިން އޭނާ ބޭނުން ދޮރުކޮޅަކުން ސުވަރުގެއަށް ވަންނަ ހުށްޓެވެ."

[ރިވާކުރެއްވީ އިމާމް މުސްލިމް رحمه الله]

ވުޟޫކުރަންވެސް އަދި އެހެން ބޭނުމަކު ފާޚާނާއަށް ވަންނަމުންނާ ނުކުންނަމުން މިދުޢާ ކުރާށެވެ!

ފާޚާނާއަށް ވަންނަމުން ކިޔާ ދުޢާ

كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ الخَلاَءَ قَالَ: «اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الخُبُثِ وَالخَبَائِثِ» [متفق عليه]

މާނައީ: ނަބިއްޔާ صلى الله عليه وسلم ފާޚާނާއަށް ވަދެވަޑައިގަންނަވާހިނދު މިފަދައިން ޙަދީޘްކުރައްވައެވެ.

«اللهُمَّ إِنِّي أَعُوذُ بِكَ مِنَ الْخُبْثِ وَالْخَبَائِثِ»

މާނައީ: "އޭ ﷲ! ނުބައިވެގެންވާ ފިރިހެން ޝައިތާނުންނާއި ނުބައިވެގެންވާ އަންހެން ޝައިތާނުންގެ ކިބައިން ރައްކާތެރިކޮށްދެއްވުމަށް އެދި މިއަޅާ އިބަ ﷲ ޙަޟްރަތަށް ދަންނަވަމެވެ." [ރިވާކުރެއްވީ އިމާމް ބުޚާރީ އަދި މުސްލިމު رحمهما الله]

ފާޚާނާއިން ނުކުންނަމުން ކިޔާ ދުޢާ

كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ إِذَا خَرَجَ مِنَ الْغَائِطِ قَالَ: «غُفْرَانَكَ» [رواه أحمد]

މާނައީ: ނަބިއްޔާ صلى الله عليه وسلم ފާޚާނާއިން ނިކުމެވަޑައިގަންނަވާހިނދު މިފަދައިން ޙަދީޘްކުރައްވައެވެ.

«غُفْرَانَكَ»

މާނައީ: “އޭ ﷲ! މިއަޅާ އިބަ އިލާހުގެ ޙަޟްރަތުން ފާފަ ފުއްސަވައިދެއްވުމަށް އެދި ދަންނަވަމެވެ." [ރިވާކުރެއްވީ އިމާމް އަޙުމަދު رحمه الله]

الأذكار والآداب – ޝައިޙް ޢަބްދުލް މުޙްސިން ބުން މުޙައްމަދު އަލްޤާސިމް حفظه الله –

 

މިއަދު އޮންލައިން