ސްކޫލްތަކުގަ ކިޔަވައިދޭ ފޮތްތަކުން ޤުރްއާނުގެ އާޔަތްތައް ނަގަން ލަފާދިން އެންމެންނަށް މިހާރުން މިހާރަށް ފިޔަވަޅުއަޅަންޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ސްކޫލްތަކުގަ ކިޔަވައިދޭ ފޮތްތަކުން ޤުރްއާނުގެ އާޔަތްތައް ނަގަން ލަފާދިން އެންމެންނަށް މިހާރުން މިހާރަށް ފިޔަވަޅުއަޅަންޖެހޭ!

ސްކޫލްތަކުގަ ކިޔަވައިދޭ ފޮތްތަކުން ޤުރްއާނުގެ އާޔަތްތައް ނަގަން ލަފާދިން ބައަކު އެނގެން އެބަޖެހެއެވެ. އެނިންމުމަކީ ވަޒީރަށް އެކަނި ނިންމޭނެ ނިންމުމެއް ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. 

މިމައްސަލައަކީ އަޅާ ނުލައި ދޫކޮށްލެވިގެންވާނެ މައްސަލައެއް ނޫނެވެ. މިއީ ޤަޞްދުގައި ދަރިވަރުން އިސްލާމް ދީނާ ދުރަށް ޖައްސުވަން ހިންގާފައިވާ ވަރަށް ނުބައިކަންބޮޑު ޖަރީމާއެކެވެ. 

މިނުބައިކަން ބޮޑު ޖަރީމާ ހިންގީ ކުރީގެ މިވެނި ރައީސެއްގެ ވެރިކަމުގައި ކަމަށް ބުނެގެންވެސް ނުފުދޭނެއެވެ. މި ބޮޑު ޖަރީމާ ހިންގުމުގައި ބައިވެރިވި އެންމެން މިބާވަތުގެ ޖަރީމާ ހިންގައި ދަރިވަރުންގެ ޢަޤީދާ ބަލިކަށިނުކުރެވޭނެ، ރޯޑްކޯޕޮރޭޝަން ފަދަ ތަނަކަށް މިހާރުން މިހާރަށް ބަދަލުނުކުރާނަމަ އެކަމުން އަނގައިދެނީ މިސަރުކާރު އެކަމުގައި ބައިވެރިވާކަމެވެ. 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން