ތައުލީމީ ވަޒީރު ވިޔަސް އިސްލާމް ދީން ނިކަމެތިކުރަން ނިންމާ ނިންމުމަކަށް ޢަމަލުކޮށްގެން ނުވާނެކަން ކީރިތި ޤުރްއާނުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ތައުލީމީ ވަޒީރު ވިޔަސް އިސްލާމް ދީން ނިކަމެތިކުރަން ނިންމާ ނިންމުމަކަށް ޢަމަލުކޮށްގެން ނުވާނެކަން ކީރިތި ޤުރްއާނުން-

"އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން އެންމެން އިސްލާމްދީނަށް ކިޔަމަންވުމުގެ ތެރެޔަށް ވަންނާށެވެ! އަދި ޝައިޠޯނާގެ ފިޔަވަޅުތަކަށް ތިޔަބައިމީހުން ތަބަޢަނުވާށެވެ! އެހެނީ، ހަމަކަށަވަރުން އެ ޝައިޠޯނާ އަކީ ތިޔަ ބައިމީހުންނަށް ހުރި ބަޔާންވެގެންވާ ޢަދުއްވެކެވެ." 

(އަލްބަޤަރާ: 208) 

އިސްލާމް ފޮތްތަކުން ކީރިތި ޤުރްއާނުގެ އާޔަތްތައް ނަގަން އުޅުމާ އެކަމާއި ގުޅިގެން ހެދި ބޮޑެތި ދޮގުތަކާ، ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުން ތައުލީމަށް ހުރަސްއަޅައި ހުއްޓުވަން ކުރާ މަސައްކަތްތަކަށްބަލައި އަދި މީގެ ކުރިންވެސް އިސްލާމް ދީނުގެ ކަންކަމުގައި އެޑިޔުކޭޝަން މިނިސްޓްރީން ހަދާފައިވާ ބޮޑެތި ދޮގުތަކަށް ރިޢާޔަތްކުރުމުން މާތް ﷲ އަށް ބިރުވެތިވާ މުސްލިމުން ބިރުގަންނަން ޖެހެއެވެ. 

ދޮގުހެދުމަކީ ޙަރާމް ކަމެކެވެ. ޝައިޠޯނާ ކުރުވާ ކަމެކެވެ. މުނާފިޤުންގެ ސިފައެކެވެ.

މިއަދު އޮންލައިން