ބަލަންވީ ބަސްބުނާ މީހާއަކަށް ނޫން! ބުނި ބަހަށް! އިބިލީސްވެސް ތެދެއް ހެދީމާ ރަސޫލާ ޞޢވ އެކަން ތެދުކުރެއްވެވި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ބަލަންވީ ބަސްބުނާ މީހާއަކަށް ނޫން! ބުނި ބަހަށް! އިބިލީސްވެސް ތެދެއް ހެދީމާ ރަސޫލާ ޞޢވ އެކަން ތެދުކުރެއްވެވި!

ދިވެހި ޤައުމުގެ މިނިވްނަކަމާއި އިސްތިޤްލާލާއި އަދި ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތްކުރުމާއި ބެހޭގޮތުން ޙައްޤުބަހެއް މީހަކު ބުނެފިނަމަ ބަލަންޖެހޭނީ ބަސްބުނި މީހާއަކަށް ނޫނެވެ. އެބުނި ބަހަކަށެވެ. 

އެހެނީ ﷲ ތަޢާލާ ލައްނަތްލެއްވެވި އިބިލީސްވެސް ތެދުބަހެއް ބުނުމުން (ރޭގަނޑު ނިދަމުން އާޔަތުލްކުރުސި ކިޔެވުމުން ނިދީން ހޭލަންދެން އެމީހަކު ޙިމާޔަތްކުރައްވަވާނެ ފާރަވެރިއަކު ﷲ ތަޢާލާ ލައްވަވާނެ ކަމަށް) އެއީ ތެދުބަހެއް ކަމަށް ރަސޫލް ﷺ ޙަދީޘްފުޅުކުރެއްވެވިއެވެ. ހަމަ އެއާއިއެކު އިބިލީހަކީ ދޮގުވެރިއެއްކަންވެސް ބަޔާންކުރެއްވެވިއެވެ. 

ވީމާ ޙައްޤު ބަހެއް ބުނުމުން އޮތީ ބަސް ބުނި މީހާއަށް ބެލުމެއް ނޫނެވެ. އޭނާ ބުނި ޙައްޤުބަސް އެއީ ޙައްޤުބަހެއްކަމަށް ޤަބޫލުކުރުމެވެ. ޙައްޤު ގޮތަކީ ރަސޫލް ﷺ އުނގަންނަވައިދެއްވެވި ގޮތެވެ.

މިއަދު އޮންލައިން