"ޢަރަބިއްޔާ ސްކޫލް އަވަހަށް ވަގުތީ ތަނަކަށް ބަދަލުކުރަންވީ. ބައުޖަމާލުއްދީން ސްކޫލް ހުރިތަނުގަ މުސްތަޤްބަލަށްވެސް ވިސްނައިގެން 15 ބުރިއަށް ޢަރަބިއްޔާ ސްކޫލެއް އަޅަންވީ. އެކަމަށް ޚަރަދުކުރާނެ ފައިސާ ހޯދޭނެގޮތް ސަރުކާރަށް އެއީ ހަމަ ފެންފޮދެއް ދިރުވާލުންހައި ފަސޭހަކަމެއް.
ޢަވަހަށް ޗާންދަނީގޭގަ ހުރި ޢިމާރާތް ތަޅާ ބިމާހަމަކޮށްލާފަ އެބިމުގަ 15، 25 ބުރިއަށް ބައިނަލްއަޤްވާމީ ފެންވަރުގެ ޝޮޕިންގ ކޮމްޕްލެކްސްއެއް ހަދަންވީ. ބޮޑެތި ރެސްޓޯރަންޓްތައް ލާފަ. އެތަންތަން ކުއްޔަށް ދީގެން ލިބޭ ފައިސާ ދައުލަތުގެ ބަޖެޓަށް ޖަމާކުރަންވީ. އެއިރުން އަރަބިއްޔާ އާއި އިތުރު 3 ސްކޫލް ހިންގާހާ ފައިސާ ދައުލަތުގެ ބަޖެޓަށް ކޮންމެ އަހަރަކު ވަންނާނެ!
މިއީ ދުނިޔޭގެ އެހެން ޤައުމުތަކުގަ މިކަންކަންކުރާ ގޮތަކީ. ކުރީގެ އަރަބިއްޔާ މަޖީދީ މަގުގަ ހުރި ބިންވެސް އެއީ އެގޮތަށް ޝޮޕިންގ ކޮމްޕެލެކސްއަށް ހަދަންވީތަނެއް. އެތަން އެގޮތަށް ޢިމާރާތްކުރިނަމަ ރައްޔިތުން އަތުން އެއްވެސް އަގެއް ނުގައި 10000 މީހުންނަށް ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދެވުނީސް. ފްލެޓަށް ކުލި ނަގަންވެސް ނުޖެހޭނެ! އެކަމަކު ރައްޔިތުންނަށް އެމީހުންގެ ޖީބަށް ލުއިވާނެ ގޮތަށް ރަނގަޅަށް ކަމެއް ކޮށްދިނުމުގެ ބަދަލުގައި ބެލީ ބދަން އޮށެއް ނަމަވެސް އިންޑިއާ ކުންފުންޏަކުން ހޯދޭތޯ! އެންމެފަހުން ދައުލަތުގެ ބަޖެޓަށް ހޯދެންއޮތް ބޮޑު އާމްދަނީ ނުހޯދުނުތަނުގަ އެޅި ފްލެތަކުގެ އަގު އިންތިހާއަށް އެރީ. މޫސުމުގަ ދޮންވެގެން މޭވާ ފައިބާހެން އިމާރާތުން ތޫނު އެއްޗެތި ފައިބާތީ އަބަދުއުޅެންޖެހެނީ މަގުބަންދުކޮށްގެން."