ދަރިފުޅަށް ޞާލިޙް މަންމައެއް ހޯދާނުދީ ދަރިފުޅުގެ އަޚްލާޤް ގޯސްވުމުން ޝަކުވާނުކުރާށެވެ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ދަރިފުޅަށް ޞާލިޙް މަންމައެއް ހޯދާނުދީ ދަރިފުޅުގެ އަޚްލާޤް ގޯސްވުމުން ޝަކުވާނުކުރާށެވެ!

ތުއްތު ދަރިފުޅު އުފަންވުމުގެ މާކުރިން އިސްލާމްދީންވަނީ އެކުއްޖާގެ ކަންކަމުގައި ޖާމިނުވެފައެވެ. އެގޮތުން ފުރަތަމަ ކަމަކަށް އެކުއްޖާއަށް ޞާލިޙު މަންމައެއް ހޯދައިދިނުމަށް އެކުއްޖާގެ ބައްޕައަށް އަމުރުކުރައްވާފައިވެއެވެ. 

އަދި އެ ކުއްޖާގެ މަންމަ ބަލިވެއިންނަ ދުވަސްތަކުގައިވެސް އަޅާލުމާއި އޯގާތެރިކަން ދިނުމަށް ބާރުއަޅުއްވައެވެ. އަދި އެކުއްޖާގެ ދިރިހުރުމުގެ ޙައްޤަށް ރައްކާތެރިވުމުގެ ގޮތުން ބަނޑުގައިވަނިކޮށް އެކުއްޖާ ވައްޓާލުން ޙަރާމްކުރެއްވިއެވެ. 

އަދި (ރޯދަ ހިފުމަށް ޢުޛުރުވެރިވާނަމަ) ރަމަޟާން މަހު ރޯދަ ދޫކޮށްލުމުގެ ލުއިކަން މާބަނޑު އަންހެނާއަށް ދެއްވާފައިވެއެވެ. އަދި އެކުއްޖާ މަރާލާ މީހާ، އެކުއްޖާގެ މަރުގެ ދިޔަދިނުން ވާޖިބުކުރެއްވިއެވެ. އަދި އަންހެން މީހާއަކީ ޒިނޭކޮށްގެން މާބަނޑުވެފައިވާ މީހެއްކަމުގައި ވިޔަސް ކުއްޖާ ވިހަންދެން އަދި ކިރުތުބުން ވީއްލެންދެން ޙައްދު ޤާއިމުކުރުން ފަސްކޮށްލައެވެ.

- އައްޝައިޚް ޢީސާ ހުނައިން 

އެނގިގެން މިދަނީ ޙަޔާތަށް ބައިވެރިއަކު ހޯދާއިރު ޞާލިޙް އަންތބަކު ހޯދުމުގެ މުހިންމުކަމެވެ. އަދި ހަމައެއާއިއެކު ދަރިއަކަށް ބަލިވެ އިނީންސުރެ އަޅއިލުން އިތުރުކުރަންޖެހޭ ކަމެވެ. ވިހެއުމުން ދޭންޖެހޭ ސަމާލުކަމެވެ. 

އިތުރަށް ވިސްނާލަންވީ ވިހެއުމުން ދެމައިން ބެލެހެއްޓުމުގެ މުހިންމުކަމެވެ. ހެޔޮކޮށް ހިތައި އަޅާލުން އިތުރުކުރަންޖެހޭ ކަމެވެ.

މިއަދު އޮންލައިން