އަނބިމީހާ އާއެކު އެއްދާން ނުކުރާނަމަ އެއީ ސުންނަތަށް ޢަމަލުކުރާ މީހެއް ނޫން! އީމާންކަން ފުރިހަމައެއް ނުވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
އަނބިމީހާ އާއެކު އެއްދާން ނުކުރާނަމަ އެއީ ސުންނަތަށް ޢަމަލުކުރާ މީހެއް ނޫން! އީމާންކަން ފުރިހަމައެއް ނުވާނެ!: މުފްތީ މެންކް

މަސައްކަތް ބުރަކަމުން ކަމަށްބުނެ މަސްދުވަސްވާއިރުވެސް އަނބިމީހާ ނިދުމުގެ ކުރިން ގެއަށް ނުދާ ފިރިން އެބައުޅެއެވެ. ނަތީޖާއަކަށްވެގެންދަނީ އަނބިމީހާ އާއިއެކު އެއްދާން ނުކޮށް މަސްދުވަސް ފާއިތުވެގެން ދިއުމެވެ. މިއީ ކިހިނަކުން މުސްލިމުންނަސް ހުއްދަވާނެ ކަމެއް ހެއްޔެވެ؟ 

ހެޔޮލަފާ އަނބިން މުޅި ދުވަހު މަސައްކަތްކޮށްފައި ރޭގަނޑުވުމުން ފެންވަރައި ޒީނަތްތެރިވެ ފިރިންނަށް އިންތިޒާރުކުރެއެވެ. ނަމަވެސް އެންމެ ފަހުން ނިދަންޖެހެނީ މާޔޫސްކަންމަތީގައެވެ. 

އަހަރެމެން ދުލުން ބުނަނީ ސުންނަތަށް ޢަމަލުކުރާ ކަމަށެވެ. އެއީ ދުލުން ބުނެލުމުން ކުރެވޭނެ ކަމެއް ނޫނެވެ. އެއީ ޢަމަލުން ކުރަންޖެހޭ ކަމެކެވެ. ރަސޫލް ﷺ އަނބިއަނބަލުން ގާތަށް ރޭގަނޑު ވަޑައިގެން ތާހިރު ފޭރާންކޮޅު ތުރުކުރައްވަވައެވެ. އެކަނބަލުންގެ ހިތްޕުޅަށް އުފާވެރިކަން ހޯއްދަވައި ދެއްވަވައެވެ. 

ނިކަން ބުނެބަލާށެވެ. އެގޮތަށް ޢަމަލުކުރަނީ އަހަރެމެންގެ ތެރެއިން ކިތައް ފިރިން ހެއްޔެވެ؟ ގެއަށް ގޮސް ފެންވަރައި ޒީނަތްތެރިވެ އަނބިންނާއިއެކު ވަގުތު ހޭދަކުރެވޭ ހެއްޔެވެ؟ އެކަންކަން ނުކޮށް ތިބެފައި އަނބިންގެ ކިބައިން ކަމެއް ފެނުމުން ޝަކުވާކުރަން އޮތީ ކޮން ޙައްޤެއް ހެއްޔެވެ؟ 

ފިރިންނާއި އެއްވަރަށް އަނބިން ޝަކުވާނުކޮށްފާނެއެވެ. ނަމަވެސް އެކުގައި ވަގުތު ހޭދަކުރުމާއި އެއްދާންކުރުމަކީ އަނބިންވެސް ހަމަ ފިރިހެނުން ފަދައިން ބޭނުންވާ ކަންކަމެވެ. އެބޭނުންތައް ފުއްދައި ދިނުމަކީ ފިރިމީހާއަށް އޮތް އިޚްތިޔާރީކަމެއް ނޫނެވެ. އެއީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބެކެވެ. ވާޖިބު އަދާނުކުރާނަމަ ޖެހޭނީ ޤިޔާމަތް ދުވަހު ޖަވާބުދާރީވާށެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން