އިޚްލާޞް ސޫރަތް ޤަބޫލުކުރާ މީހާ ކްރިސްމަސް ތަހްނިޔާއެއް ނުކިޔާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
އިޚްލާޞް ސޫރަތް ޤަބޫލުކުރާ މީހާ ކްރިސްމަސް ތަހްނިޔާއެއް ނުކިޔާނެ!

ކީރިތި ޤްރްއާނުގެ ތިންބައިކުޅަ އެއްބައި ކަމަށް ޙަދީޘްފުޅުގައިވާ އިޚްލާޞް ސޫރަތުގައިވަނީ މިފަދައިންނެވެ. 

"ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އެއްކައުވަންތަ اللَّه އެވެ.

للَّه އީ، އެންމެހާ ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް، އެކަލާނގެ ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެއެވެ.

އެކަލާނގެއަކަށް އެއްވެސް އެއްޗެއް އުފަންވެގެނެއް ނުވެތެވެ. އަދި އެއްވެސް އެއްޗަކަށް އެކަލާނގެ އުފަންވެވޮޑިގެނެއް ނުމެވޭމެއެވެ.

އަދި އެކަލާގެއާ އެއްފަދަވެގެންވާ، ހަމައެކަކުވެސް ނުވެތެވެ."

ކަނދައެޅިގެން ތިމަން ﷲ އަށް ދަރިކަލެއް ދަރިފަސްކޮޅެއް ނުވާކަމަށް ވަޙީކުރައްވަވާފައި ވަނިކޮށް ﷲ ތަޢާލާއަށް ދަރިކަލެއް ލިބުން ޤުރްއާނަށް އީމާންވެ ޤަބޫލުކުރާ މީހާ ބަލައިގަންނާނީ ކޮންފަދައަކުންތޯއެވެ؟ 

ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައި އެވަނީ " އެކަލާނގެއަކަށް އެއްވެސް އެއްޗެއް އުފަންވެގެނެއް ނުވެތެވެ. އަދި އެއްވެސް އެއްޗަކަށް އެކަލާނގެ އުފަންވެވޮޑިގެނެއް ނުމެވޭމެއެވެ." 

ރާއްޖޭގެ މަޝްހޫރު އުސްތާޛަކު ވިދާޅުވިއެވެ. "އަހަރެން ކްރިސްމަސް ތަހުނިޔާ ކިޔަމެވެ. އަހަރެންގެ ނިޔަތް ދެނެވޮޑިގެންވާނީ ﷲ އެވެ." ނިޔަތް ދެނެވޮޑިގެންވާނީ ﷲ ކަމަށް ބުނަމުން ހަމަ އެ ﷲ ބާވައިލެއްވެވި އާޔަތްތަކަށް ފުރަގަސްދީ އިންކާރުކުރާކަން އަމަލުން ދެއްކީމާ އެ އުސްތާޛްވާނީ ޝައިޠޯނާގެ އުސްތާޛަކަށް ނޫންތޯއެވެ؟

މިއަދު އޮންލައިން