ޔަތީމުންނާ ހުވަފަތް އަންހެނުންގެ ޙާޖަތައް ފުއްދައިނުދީ ތިބުމަކީ ބިރުހުރިކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ޔަތީމުންނާ ހުވަފަތް އަންހެނުންގެ ޙާޖަތައް ފުއްދައިނުދީ ތިބުމަކީ ބިރުހުރިކަމެއް!

ޔަތީމުންނާ ހުވަފަތް އަންހެނުންގެ ޙާޖަތައް ފުއްދައިނުދީ ތިބުމަކީ ބިރުހުރިކަމެކެވެ. އެހެނީ ރަސޫލް ވަނީ ﷲ ތަޢާލާ ހެކިކުރައްވަވައި އެކަމަށް އިންޒާރު ދެއްވަވައިފައެވެ.

ޔަތީމުންނާއި ހުވަފަތް އަންހެނުންނަކީ އެންމެ ނިކަމެތިޙާލުގައިވާ ބައެކެވެ. އެމީހުންނަށް އަޅާލައި ހެޔޮކޮށް ހިތުމަކީ އެމީހުންގެ ޢާއިލާތަކުގެ މައްޗަށް އޮތް ވާޖިބެއް ނަމަވެސް އެވާޖިބުން ބަރީޢަވެގެންވާ ހަމައެކަކުވެސް ނުހުންނާނެއެވެ. ވީމާ އެމީހަކަށް ވެވެން އޮތް މިންވަރަކުން ޔަތީމުންނަށާއި ހުވަފަތް އަންހެނުންނަށް ހެޔޮކޮށް ހިތާށެވެ.

މީސްތަކުންނޭވެ! ކިތަންމެ ކުޑަ ކާއެތިކޮޅަކުން ނަމަވެސް އެހީތެރިވާށެވެ. އެންމެ ފޭރާމެއް ނަމަވެސް ދޭށެވެ. ހެޔޮކޮށް ހިތާށެވެ! ތަނަވަސްކަން ލިބިގެންވާނަމަ އެންމެ ޔަތީމަކު ނަމަވެސް ބަލަހައްޓާށެވެ. އެންމެ ހުވަފަތް އަންހެނަކު ނަމަވެސްމެއެވެ. އެކަމަށް ތިބާ ކުރާ ހޭދައިގެ ބަދަލު އެތައް ގުނައަކުން އިތުރަށް ދެއްވަވާނެތެވެ.

އަދި ކީއްހެއްޔެވެ؟ ކައިވެނިކުރެވެން އޮތްނަމަ ހުވަފަތް އަނހެނުންނާއި ކައިވެނިވެސްކުރާށެވެ! އެކަވެނީގައި ބަރަކާތް ލެއްވެވުމަށް އެދޭށެވެ. ހިންމަވައި ދެއްވަވާނެތެވެ. އެއީ ސުންނަތުން ފެންނަން އޮތް ހެޔޮ ޢަމަލެކެވެ. އަދި ކީއްހެއްޔެވެ؟ ޔަތީމުންނަށް ހެޔޮކޮށް ހިތުމަކީ އެކަމެއްގެ ސަބަބުން ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ދެއްވަވާނެ ކަމެކެވެ. ރަސޫލް ﷺ އާއި އެންމެ އަރިއަހުގައި ވެވޭނެ ޢަމަލެކެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން