ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«مَثَلُ الَّذِي يَقْرَأُ القُرْآنَ، وَهُوَ حَافِظٌ لَهُ مَعَ السَّفَرَةِ الكِرَامِ البَرَرَةِ، وَمَثَلُ الَّذِي يَقْرَأُ، وَهُوَ يَتَعَاهَدُهُ، وَهُوَ عَلَيْهِ شَدِيدٌ فَلَهُ أَجْرَانِ» [رواه البخاري]
މާނައީ: "ޤުރްއާން ހިތުދަސް ޙާލު ރިވެތިކޮށް ތަރުތީލުކޮށް ކިޔަވާމީހާވާނީ ކިޔަމަންތެރި މާތްވެގެންވާ މަލާއިކަތުންނާއެކުގައެވެ. އަދި ދަތިއުނދަގުލާއެކު ހަނދާންނެތިދާނެތީ ތަކުރާރުކޮށް އެ ކިޔަވާ މީހާއަށް، ދެދަރުމަވެއެވެ."
[ރިވާކުރެއްވީ އިމާމް ބުޚާރީ رحمه الله]
ދެން ނިކަން ވިދާޅުވެބައްލަވާށެވެ! ދަރިންނަށް ތައުލީމް ދިނުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ ކީރިތިޤުރްއާނަށް ނޫންތޯއެވެ؟ ކޮންމެ ދާއިރާއަކުން ތަޢްލީމް ޙާޞީލްކުރިނަމަވެސް ޤުރްއާން އުނގެނުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. އަދި ދަތިކަމެއްވެސް ނޫނެވެ.