ރަސޫލް ޞޢވ ހޯމަ ދުވަހު ރޯދަ ހިއްޕެވި 3 ސަބަބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ރަސޫލް ޞޢވ ހޯމަ ދުވަހު ރޯދަ ހިއްޕެވި 3 ސަބަބު!

أَبو قَتَادَةَ اَلْأَنْصَارِيِّ -رَضِيَ اللَّهُ عَنْهُ-  ގެ ކިބައިން ރިވާވެގެންވެއެވެ.

(ޢަރަފާތު ދުވަހުގެ ރޯދައާއި މެދު رَسُولُ اللَّهِ صَلَى اللَّهُ عَلَيْه وَسَلَّمَ އާ ސުވާލު ދެންނެވުނެވެ. ހަދީޘްކުރެއްވިއެވެ. "(އެދުވަހު ރޯދަހިފާމީހަގެ) ފާއިތުވި އަހަރާއި ކުރިއަށް އޮތް އަހަރުގެ ފާފަތައް ފުއްސަވަތެވެ."

އަދި عَاشُورَاءَ ދުވަހުގެ ރޯދައާމެދު ސުވާލުދެއްނެވުނެވެ. ހަދީޘްކުރެއްވިއެވެ. " (އެދުވަހު ރޯދަހިފާމީހަގެ) ފާއިތުވި އަހަރުގެ ފާފަތައް ފުއްސަވަތެވެ."

އަދި ހޯމަ ދުވަހުގެ ރޯދައާމެދު ސުވާލުދެންނެވުނެވެ. ހަދީޘްކުރެއްވިއެވެ. "އެއީ ތިމަންކަލޭގެފާނު އުފަންވި ދުވަހެވެ. އަދި އެދުވަހެއްގައި ރަސޫލުކަމާގެން ފޮނުއްވުނު ދުވަހެވެ. ނުވަތަ އެއީ ތިމަންކަލޭގެފާނަށް (އެންމެ ފުރަތަމަ) ވަޙީބާއްވާލެއްވުނު ދުވަހެވެ.

މިއަދު އޮންލައިން