ޢުމުރުން ދުވަސްވެ ރޯދަ ނުހިފޭނެވަރުވެފަ ތިބޭ މީޙުންނަށް އޮތް ހަދިޔާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ޢުމުރުން ދުވަސްވެ ރޯދަ ނުހިފޭނެވަރުވެފަ ތިބޭ މީޙުންނަށް އޮތް ހަދިޔާ!

އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަކީ ޢުމުރުން ދުވަސްވުމުގެ ސަބަބުން މިދިއަ އަހަރުވެސް ހަމައަށް ފަރުޟު ރޯދަ ނުހިފުނު މީހުންނެވެ. އެފަދަ މީހުންނަށްޓަކައި ﷲ ތަޢާކާ ވަނީ ވަރަށް ބޮޑު "ހަދިޔާއެއް" ދެއްވަވައިފައެވެ. އަވަހަށް ލިބިގަންނާށެވެ! 

وَعَنِ اِبْنِ عَبَّاسٍ -رَضِيَ اَللَّهُ عَنْهُمَا- قَالَ: 

( رُخِّصَ لِلشَّيْخِ اَلْكَبِيرِ أَنْ يُفْطِرَ، وَيُطْعِمَ عَنْ كُلِّ يَوْمٍ مِسْكِينًا، وَلَا قَضَاءَ عَلَيْهِ)  رَوَاهُ اَلدَّارَقُطْنِيُّ، وَالْحَاكِمُ، وَصَحَّحَاهُ .

وَعَنِ اِبْنِ عَبَّاسٍ رَضِيَ اَللَّهُ عَنْهُمَا ގެ ކިބައިން ރިވާވެގެންވެއެވެ. 

އެކަލޭގެފާނު ވިދާޅުވިއެވެ. (ދުވަސްވީ މުސްކުޅިންނަށް ރޯދަ ދޫކޮށްލުމުގެ ލުއިފަސޭހަކަން ދެވިފައިވެއެވެ. އަދި ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާންދޭނީއެވެ. އަދި ޤަޟާކުރުމެއް ނުވެއެވެ.)

ރިވާކުރެއްވީ الإِمَامُ الدَّارَقُطْنِيُّ އާއި الإِمَامُ الْحَاكِمُ އެވެ. އަދި ދެބޭފުޅުންވެސް ޞައްޙަކުރެއްވިއެވެ.

މިއަދު އޮންލައިން