މީގެ 40 އަހަރު ކުރިން ރާއްޖޭގެ ރަށްރަށުގައި ފާހިޝް އަމަލުތައް ހިންގީ އެންމެންނަށް އެނގޭ ވަރަށް ބައެކެވެ. އެއީ ރަށެއްގައި 1، 2 މީހެކެވެ. ނަމަވެސް މިއަދު އެކަން ކުރާމީހުންގެ އަދަދު އެއްވެސް ރަށެއްގައި ގުނިދާނެތޯއެވެ؟
ފާހިޝް އަމަލުތައް ހިންގުމަކީ ފަހު ޒަމާނުގެ ޢަލާމާތްތަކުގެ ތެރެއިން އެންމެ ފައުޅުކަން ބޮޑުގޮތެއްގައި ޢާންމުވެގެންދާނެ އެއް ޢަލާމާތެވެ. އަދި އެނގިގެން މިދަނީ މިރާއްޖޭގައިވެސް މިކަންކަން ޢާންމުވެފައިވާ މިންވަރު ކަމަށެވެ.
ހެދުންލައިގެން ބަރަހަނާކަންމަތީގައި އުޅޭ އަންހެނުންނާއި ފިރިހެނުންގެ އަދަދު ވެސް މިދަނީ އިތުރުވަމުންނެވެ. މިއިން ކޮންމެ ކަމެއް ގުޅިފައިވަނީ ފަހުޒަމާނުގެ ޢަލާމާތްތަކާއިއެވެ.
"ޔޫރަޕުގައި މިހާރުވެސް ބައްޕައަކީ ކާކުކަން ކަސަވަރު ނުވާ ދަރިންގެ އަދަދު 40 އިންސައްތަ. މިދާ ގޮތަށް އިތުރުވަމުން ދާނަމަ މީގެ ފަހުން 40 އަހަރު ވާއިރު 100 އިންސައްތައަށް އިތުރުވާނެ. އެމީހުންނަށް މިހާރަކު ކައިވެނި ކުރުން މުހިންމެއް ނޫން. ދަރީގެ ބައްޕަ އެނގުންވެސް މުހިންމެއް ނޫނެ. ޖިންސީ އެދުންތައް ފުއްދަން ވަކި ޖިންސަކަށް ބެލުންވެސް މުހިންމެއް ނޫން."
ބައަކު ކޮންމެ ގޮތަކަށް އުޅުނު ނަމަވެސް އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވާއިރު މިއީ ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަންކަމެވެ. އަޅުގަނޑުމެންނަކީ އާޚިރަތް ލިބިގަތުމަށްޓަކައި ގަދައަޅައި މަސައްކަތް ކުރާ ބައަކަށްވެސް ވާން ޖެހޭނެ އެވެ.
--ޝައިޚް ޖަޢުފަރު ފާއޒް ގެ ދަރުސަކުން